ޚަބަރު

އިންޑިއާގެ އަސްކަރީ މަަނަވަރެއް ރާއްޖެ އަތުވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިންޑިއާގެ އަސްކަރީ މަނަވަރު “ޝަރްދާ” މިއަދު ރާއްޖެ އަތުވެއްޖެއެވެ.

Ads by Sosun Fihaara

މި މަނަވަރު ރާއްޖެ އަންނާނެކަން އިންޑިއާއިން ހާމަކޮށްފައި ވަނީ މިއަދު ކުރި ޓްވީޓެއްގައެވެ.

އިންޑިއާގެ މި އަސްކަރީ މަނަވަރު ރާއްޖެ އަތުވެފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ވަނީ ހާމަކޮށްފައެވެ. އެމްއެންޑީއެފުން ބުނީ “ޝަރްދާ” ރާއްޖެ އައީ ދިވެހި އަސްކަރިއްޔާއާއި އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ “އެކްސް-ހަކަތަ 04” ނިންމުމުގެ ރަސްމިއްޔާތަށެވެ.

މި މަނަވަރު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 12ވަނަ ދުވަހު ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!