Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހާލަތުން އަރައި ނުގަނެވިއްޖެނަމަ އަފްޣާނިސްތާނު އޮތް ހާލަތަށް ރާއްޖެ ހިނގައިދާނެ: ޒަކަރިއްޔާ މަންސޫރު

ހާލަތުން އަރައި ނުގަނެވިއްޖެނަމަ އަފްޣާނިސްތާނު އޮތް ހާލަތަށް ރާއްޖެ ހިނގައިދާނެ: ޒަކަރިއްޔާ މަންސޫރު

ދިވެހި ރާއްޖޭގައި މިވަގުތު ހިނގަމުން އަންނަނީ، "ސްޓޭޓް ވިތިން ސްޓޭޓެއް" ކަމަށާއި މިހާލަތުން އަރައި ނުގަނެވިއްޖެނަމަ ދިވެހި ރާއްޖެ އަފްޣާނިސްތާނު އޮތް ޙާލަތަށް ދާނެކަމަށް އެން.ސީ.ޓީ.ސީގެ ޑިރެކްޓަރ ޖެންރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ.

ޒަކަރިއްޔާ މަންސޫރު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއަށް މަޢުލޫމާތު ދެއްވަމުންނެވެ. މަޖިލީހުން ކުރިޔަށް ގެންދިޔަ އިންކްއަރީ ރިޕޯޓް މިހާރު ވަނީ އާއްމުކޮށްފައެވެ.

އަފްޣާނިސްތާނުގައި ހިންގަމުން އައި ތާލިބާނުންގެ ވެރިކަން އެމެރިކާގެ އަސްކަރިއްޔާއިން ވައްޓައިލައި އެޤައުމުގައި ސަރުކާރެއް އެކުލަވައިލި ނަމަވެސް ތާލިބާނުންގެ ބާރު އެޤައުމުގެ ގިނަ ސިޓީތަކާއި ސަރަހައްދުތަކުގައި އޮވެއެވެ. މިގޮތުން ތާލިބާނުންގެ ކޯޓްތަކާއި ސްކޫލުތަކާއި ބޭންކްތައް އެޤައުމުގައި ހުރެއެވެ. މިއީ މައި ސަރުކާރާ އެއްވެސް ގުޅުމެއް ނޯންނަ، ސަރުކާރުގެ ބާރު ނުހިނގާ އިދާރާތަކެވެ.

Advertisement
Allied — Dhen Online (box)

ދިވެހިރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރިފައިވާ މިންވަރަށާއި އެ ފިކުރަށް ތަބާވާ މީހުން ދިވެހިރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެކަން ބަޔާންކޮށްދިނުމުގެ ގޮތުން ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، އެމީހުންގެ ވިސްނުމާއި ފިކުރު ހަރުކަށިވެ، އެ މަޑުމަޑުމަޑުން އެއަށް ވުރެ މައްޗަށް އަނިޔާވެރި ހައްދުފަހަނައެޅުމަށް ބަދަލުވެ، އަދި އޭގެ މައްޗަށް ޓެރެރިޒަމާ ހިސާބަށް މިއަދު ދާކަަމަށެވެ.

މީގެ އިތުރުން ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ހިންގަފާނެ ކަމަށް ބެލެވޭ ބޮޑެތި ސަބަބުތައް އެބަހުރި ކަމަށާއި، އޭގެ ތެރޭގައި ދީނީ ހަރުކަށިކަމާއި، ދީނީ ހައްދު ފަހަނަޅައިދިއުން ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި ދިވެހިރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރުމާއި، ހައްދު ފަހަނައަޅައި ދިއުމަކީ ވަކި އުސޫލުތަކަކަށް ތަބާކޮށް، ރައްޔިތުން އެ މަގަށް ލެންބުމަށް ކުރެވެމުންދާ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، އެއީ ހަމައެކަނި ފިކުރެއް ނޫން ކަމަށާއި، ދިވެހިރާއްޖޭގައި މިހާރު ހިންގަނީ "އަ ސްޓޭޓް ވިތިން އަ ސްޓޭޓް" ކަމަށް ވެސް ވިދާޅުވެފައިވެއެވެ

"ރާއްޖޭގެ ޤައުމީ ސަލާމަތަށް މިފަދަ ކަމެއް އަތުވެދާނެ ކަމަށް ޓަކައި އަޅުގަނޑުމެން ވަރަށް ގިނަ ކޮލަބްރޭޓިވް މަސައްކަތްތަކެއް ކުރަމުން މި އައީ ... ނުރައްކާތެރި ފިކުރުތައް ފެށިގެން އައުމާއި، ނޭޝަނަލް ސެކިއުރިޓީއަށް އަޅުވާ ހިޔަންޏާއި، ސްޓޭޓެއް މި ކްރިއޭޓްކުރަނީއޭ " ޒަކައްރިއްޔާ މަންޞޫރު އިންކުއަރީގައި ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް