Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ލައްކައަކަށްވުރެ ގިނަ ރުފިޔާ ދައްކަން އޮތް ބިދޭސީ މީހާގެ ބިލް އައިޖީއެމްއެޗުން މާފު ކޮށްދީފި

ލައްކައަކަށްވުރެ ގިނަ ރުފިޔާ ދައްކަން އޮތް ބިދޭސީ މީހާގެ ބިލް އައިޖީއެމްއެޗުން މާފު ކޮށްދީފި

ރާއްޖޭގެ އާއިލާއަކާ އެކު ދިރިއުޅެމުންދާ ބިދޭސީ އަންހެނަކަށް ކޮވިޑް-19 ޖެހި އައިޖީއެމްއެޗްގައި ފަރުވާ ދޭތާ ގިނަ ދުވަސްތަކެއްވެ، ބިލަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ އަރައިފައިވަނިކޮށް އެ ހޮސްޕިޓަލުން އެ ބިލު މާފު ކޮށްދީފިއެވެ.

ސަހާނާ ނަމަކަށް ކިޔާ މި ބިދޭސީ މީހާ ދިވެހި އާއިލާއަކާ އެކު ދިރިއުޅެމުން އައީ އެ އާއިލާގެ މަންމަ ބެލެހެއްޓުމާ ހަވާލުވެގެންނެވެ. ސަހާނާއަށް ކޮވިޑް-19 ޖެހި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ވެސް ބަނޑަށް ހަތް މަހުގައި ވަނީ ނަގައިފައެވެ.

އޭނާ އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވުމުން ގެންދެވުނީ ހުޅުމާލެ ކޮވިޑް ފެސިލިޓީއަށެވެ. އެތަނުގައި އޮއްވައި އޭނާގެ ހާލު މާ ބޮޑަށް ގޯސްވެ އެންމެ ފަހުން އޭނާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރެވުނެވެ. އަދި ދަރިފުޅު ވެސް ސިޒޭރިއަން ހަދައިގެން ނަގަން ޖެހުނެވެ.

Advertisement
Ooredoo — Square (box)

ސަހާނާއާއި ދަރިފުޅުގެ ހާލު ގޯސްވެ އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. ސަހާނާއަށް ކުރިން ވެންޓިލޭޓަރުގައި ވެސް ފަރުވާ ދީފައިވާއިރު މިހާރު އޭނާއަށް ފަރުވާދެމުން ދަނީ ވޯޑްގައި ބާއްވައިގެންނެވެ. އަދި އޭނާގެ ދަރިފުޅު ސާއިމާއަށް ފަރުވާދެމުން ދަނީ އެ ހޮސްޕިޓަލުގެ އެންއައިސީޔޫގައި ބާއްވައިގެންނެވެ.

ސަހާނާގެ ދަރިފުޅުގެ ބިލަށް 90000 ރުފިޔާ އަދި ސަހާނާގެ ބިލަށް 194000 ރުފިޔާ އަރައިފައި ވެއެވެ. އެހާ ބޮޑު އަދަދެއް ބިލަށް އެރުމުން އާންމުންގެ އެހީއަށް ވެސް އެ އާއިލާއިން އެދިފައިވެއެވެ. އެހީގެ ގޮތުގައި 32000 ރުފިޔާ އެއާއިލާއަށް ލިބުނު އިރު މިހާރު އައިޖީއެމްއެޗުން ބިލު އެއްކޮށް މައާފު ކޮށްދީފައިވާތީ އެ ފައިސާ ހުރީ ސަހާނާގެ ފިރިމީހާގެ އަތުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް