Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރާއްޖެތެރެއޭ ކިޔައި ދަށް ކޮށްލިޔަސް މި ދިރިއުޅުން މާ ހިތް ފަސޭހަ!

ރާއްޖެތެރެއޭ ކިޔައި ދަށް ކޮށްލިޔަސް މި ދިރިއުޅުން މާ ހިތް ފަސޭހަ!

<strong>(ނ.މާފަރު)</strong> އެހެން މީހެއްގެ ތަޖުރިބާއެއް ނޫނެވެ. ނުވަތަ މީހަކު އަޅުގަނޑަށް ކިޔައިދިން ވާހަކަތަކެއް ނޫނެވެ. ޚުދު އަޅުގަނޑުގެ ތަޖުރިބާއެވެ. ކުރެވޭ އިހްސާސްތަކެވެ. މާލޭގެ ހަލަބޮލި މާހައުލުގައި އެތައް ދުވަހަކު ބަންދުވެފައި ހުރުމަށް ފަހު "ރާއްޖެތެރޭގެ" ރަށަކަށް އާދެވުމުން ކުރެވޭ އުފާވެރި އިހްސާސެވެ. މިނިވަން އިހްސާސެވެ. މި އުފާވެރި މިނިވަން އިހްސާސް ބަޔާން ކޮށްދޭނީ ކިހިނެއް ކަމެއް ހަމަ ގައިމު ވެސް ދުލަކަށް ނާދެއެވެ.

ރަށްފުށުގައި ދިރިއުޅުނު އިރު ހިތަށް އަރަނީ މާލޭގެ ދިރިއުޅުމަކީ ވަރަށް "ހިތްގައިމު" ދިރިއުޅުމަކަށް ވާނެއޭ އެވެ. ކުޑައިރު ހިތަށް އަރަނީ މާލޭގައި ކާރުތަކާއި ބޮޑެތި ލޮރީތަކާއި އެއްޗެހި އުޅޭތީ އެތަނަށް ގޮސް އުޅެލަން ވަރަށް "ސަޅި" ވާނެ ކަމަށެވެ. ރަނގަޅެވެ. މާލެއަށް ދިއުމުން ތައުލީމް ހާސިލު ކުރެވިއްޖެއެވެ. ދިރިއުޅުމުގައި ކުރިއަށް ދާނެ މަގު ތަނަވަސް ވެއްޖެއެވެ. އެތައް ތަޖުރިބާތަކެއް ލިބިއްޖެއެވެ. އެހެން ނަމަވެސް "ރާއްޖެތެރޭގެ" ދިރިއުޅުމުގައި މި ލިބޭ ހިތްފަސޭހަ ކަމެއް ނުލިބެއެވެ. މި ކުރެވޭ މިނިވަން އިހްސާސެއް ނުކުރެވެއެވެ.

ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ރަށަށް ނާދެވޭތާ އެތައް ދުވަހެއް ފަހުން ރަށަށް އާދެވުމުން އާއިލާގެ އެންމެނާ ބައްދަލުވެ މި ކުރެވޭ އުފާވެރި އިހްސާސް ބުނެދޭން ބޭނުން ވިޔަސް އެއީ ދުލަކަށް ގަލަމަކަށް ކުޅަދާނަ ކަމެއް ނޫނެވެ.

Advertisement
Ooredoo — Truecaller (box)

މިހާރު "ރާއްޖެތެރެ" މީހުން މާ ބޮޑަށް ދަށްކޮށްލައިގެން މީހުން ވާހަކަ ނުދެއްކިއެއް ކަމަކު މީގެ އަހަރުތަކެއް ކުރިން މާލޭ މީހުންނާއި "ރާއްޖެތެރޭ" މީހުންނާ ވަރަށް ބޮޑު ތަފާތު ކުރުންތަކެއް އޮވެއެވެ. އެހެނަސް މާލޭގައި ކުލީގެ އަޅުންނަށް ވެގެން ވެސް މި އުޅެނީ "ރާއްޖެތެރޭ" މީހުންނެވެ. އުފަން ރަށުގައި ގެދޮރާއި އާއިލާ ދޫކޮށް މާލެ ދަނީ އިތުރު ގޮތެއް ނެތިގެންނެވެ. ދަރިންނަށް ރަނގަޅު ތައުލީމަކާއި ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދޭށެވެ. އެހެން ނަމަވެސް ހަގީގަތުގައި މާލެ ނޫން ގޮތެއް މިއަދު ހޯދަން ޖެހެއެވެ.

"ރާއްޖެތެރެ"އޭ ކިޔައި ދަށް ކޮށްލިޔަސް ހަގީގަތުގައި އެއްވެސް ފަރުވާލެއް ނެތެވެ. ފަޚުރުވެރިކަމާ އެކު އަޅުގަނޑަކީ ވެސް "ރާއްޖެތެރޭ" މީހެކޭ ބުނެލަން ކެރޭނެއެވެ. ސަބަބަކީތޯއެވެ؟ މި ދިރިއުޅުން މާ ހިތްފަސޭހަ ވެފައި ބޮލަށް ފަސޭހައެވެ. މާ އަރާމު ދިރިއުޅުމެކެވެ. މާ އެކުވެރި އުފާވެރި މާހައުލެކެވެ. އާނއެކެވެ. ރަށްފުށު ދިރިއުޅުން ހަމަ ހަބޭހެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް