Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކުރިއެކޭ އެއްގޮތަށް، ރައީސްގެ އިސްތިއުފާއަށް ގޮވާ މެންބަރުން ވަކިކުރަން ޖެހޭ: މޫސާ މަނިކު

ކުރިއެކޭ އެއްގޮތަށް، ރައީސްގެ އިސްތިއުފާއަށް ގޮވާ މެންބަރުން ވަކިކުރަން ޖެހޭ: މޫސާ މަނިކު

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގައި ސަރުކާރާ އިދިކޮޅަށް ތެދުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އިސްތިއުފާއަށް ގޮވައިލާ މެންބަރުން ވަގުތުން ޕާޓީން ވަކިކުރަންޖެހޭ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވެފައި މިވަނީ ރައީސް ޞާލިޙްގެ ކިބައިގައި ވެރިކަން ކުރެއްވުމުގެ "ގަޓް" ނެތް ކަމަށް ވިދާޅުވެ ކެބިނެޓް އުވައިލާ މަގާމުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ގޮވާލެއްވުމާ ގުޅިގެންނެވެ.

ބޮންޑޭގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން މޫސަ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގައި ސަރުކާރާ އިދިކޮޅަށް ތެދުވެ ރައީސް ޞާލިޙްގެ އިސްތިއުފާއަށް ގޮވައިލާ ޕާޓީގެ އުސޫލުތަކާ ޚިލާފްވާ މެންބަރުން ވަގުތުން ޕާޓީން ވަކިކުރަން ޖެހޭ ކަމަށެވެ.

Advertisement
Allied Insurance — Square (box)

"މީގެ ކުރިން ވެސް އެމްޑީޕީގެ މެންބަރުންނާ މެދު އަމަލުކޮށްފައި ހުރީ މި އުސޫލުން. މިކަން ނުކޮށްފި ނަމަ އިންސާފާއި ހަމައިން ނެއްޓި އެމްޑީޕީ ހަލާކުވާނެ" މަޖިލީހުގެ ކުރީގެ ނައިބު ރައީސް ވިދާޅުވިއެވެ.

https://twitter.com/ReekoMoosa/status/1413138515047567361?s=20

ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅައިފައިވާ ބިލްގެ ބަހުސްގައި ބޮންޑޭ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ބޮންޑޭ ވިދާޅުވީ އެ ބިލަކީ ސަރުކާރުން ހުށައެޅި ބިލެއް ކަމަށާއި ނަމަވެސް ބިލާ ދެކޮޅު ހައްދަނީ ވެސް ސަރުކާރުން ކަމަށެވެ. އަދި މި ބިލް މިދަނޑިވަޅުގައި މަޖިލީހަށް ގެނައި ސަބަބާ މެދު ވެސް ބޮންޑޭ ސުވާލު އުފެއްދެވިއެވެ. މިއީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގެ ފޯކަސް ގެއްލުވާލުން ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް