Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރާއްޖެއިން ކޮވިޑް-19އަށް މިއަދު ފައްސިވީ 124 މީހުން

ރާއްޖެއިން ކޮވިޑް-19އަށް މިއަދު ފައްސިވީ 124 މީހުން

ރާއްޖެއިން މިއަދު އިތުރު 124 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 73 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 9 މީހުންނެވެ. ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު އެއްވެސް މީހަކު ފައްސިވެފައި ނުވި ނަމަވެސް ތަރައްޤީ ކުރަމުން އަންނަ ރަށްރަށުން 13 ފައްސި ވެފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައިވަނީ 74،848 މީހުންނެވެ.

Advertisement
Allied Insurance — Square (box)

ބަލިން ފަސޭހަވެފައިވަނީ 71،758 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 22 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 213 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް