ޚަބަރު

މީކާއީލްގެ ރައްދު މާރިޔާއަށް: މައުލޫމާތު ސައްހަތޯ ކަނޑައަޅާނީ ވާނުވާ ނޭނގޭ ސިޔާސީ މީހާއެއް ނޫން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
މެމްބަރު މީކާއިލް އަހުމަދު ނަސީމް (ގަލޮޅު ދެކުނު) -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާ ކަމަށާއި އެކަން ކުރުމަށް 3 މިލިޔަން ރުފިޔާ ފަންޑު ކުރިކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދުދީދީއަށް މަޖިލީހުގެ މެންބަރެއް އެންގުމުން އެކަން ، ކަމާ ބެހޭ ފަރާތްތަކަށް ނޭންގީ އެއީ ފޯން ކޯލެއް ކަމަށްވާތީ ކަމަށާއި އެއީ މައުލޫމާތެއް ކަމަށް ޤަބޫލުފުޅު ނުކުރެއްތީ ކަމަށް އެކަމަނާ ވިދާޅުވި ވިދާޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

މޭ 6 ،2021 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ހިންގައިފައިވާ ޕާލިމަންޓަރީ އިންކުއަރީގެ މަސައްކަތް ނިންމިގޮތުގެ ރިޕޯޓް ހުށަހެޅުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މީކާއިލް ވަނީ މިިނިސްޓަރު މާރިޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން އޭނާ ވިދާޅުވީ، މަޢުލޫމާތެއް ލިބުމުން އެމަޢުލޫމާތަކީ ބުރަދަނެއް ހުރި މަޢުލޫމާތެއް ކަނޑައަޅާނީ ސިޔާސީ މީހާއެއް ނޫން ކަމަށާއި އެކަން ކިޔަވައިގެން ތިބި ޓެކްނިކަލް މީހުން ކަމަށެވެ. އަދި ސިޔާސީ މީހާގެ ޒިންމާއަކީ ޓެކްނިކަލް ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ.

"ކްރެޑިބަލް މަޢުލޫމާތެއްތޯ ނޫންތޯ ކަނޑައަޅާނީކީއެއް އެ ޓެކްނިކަލް ނޯހައު ނޭނގޭ ސިޔާސީ މީހެއް ނޫން. އެ ސިޔާސީ މީހާގެ ޒިންމާއަކީ އެ ޓެކްނިކަލް ނޯހައު އެނގޭނީ މީހުންނަށް އެ މަޢުލޫމާތު ފޯރުކޮށް ދިނުން" މީކާއީލް ވިދާޅުވީ މިހަމަލާ ހިނގަން މެދުވެރިވި އެއް ސަބަބަކީ މިފަދަ މަޢުލޫމާތެއް ލިބެން ޖެހޭ ފަރާތާ ހަމައަށް ނުދިއުން ކަމަށެވެ.

މީކާއިލްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި މަޢުލޫމާތު މިނިސްޓަރު މާރިޔާއަށް ލިބިލެއްވުމުން މީގެން އެއްވެސް މަޢުލޫމާތެއް އެއީ މުހިންމު ކަމެއް ކަމަށް ދެކި ޑިފެންސް އިންޓެލިޖެންސް ސާވިސްއާ އެކަމަނާ ހިއްސާކޮށްފައި ނުވާ ކަމަށާއި މިއީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި ރައީސް ނަޝީދަކީ ކްރިޓިކަލް ލެވެލްގައި ސެކިއުރިޓީދޭ މީހެއް ކަމަށާއި ކްރިޓިކަލް ލެވެލްގައި ހިމެނޭ މީހަކާ ބެހޭ ގޮތުން ލިބޭ އެއްވެސް ތްރެޓަކީ އަޅައި ނުލާ ދޫކޮށްލައިގެން ވާނެ އެއްޗެއް ނޫން ކަމަށް ސަލާމަތީ ބާރުތަކުގެ ވެރިންނާ ހަވާލާދީ އިންކްއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާކަން ވެސް މީކާއިލް ވިދާޅުވިއެވެ. އަދި މި މަޢޫލޫމާތު ހިއްސާ ނުކުރުމަކީ އިހުމާލު ކޮޅުންލާފައި އޮތް ކަމުގެ ނިޝާނެއް ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއާ ގުޅިގެން މަޖިލީހުގެ އިންކްއަރީ ކޮމިޓީން ކުރި މަސައްކަތަށް މީކާއިލް ވަނީ ތަޢުރީފް ކުރައްވައިފައެވެ. މިގޮތުން ވިދާޅުވީ އެކޮމިޓީން ކުރީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި ކޮމިޓީގެ ދެ މަސް ދުވަހުގެ މަސައްކަތް ބޭކާރުކޮށްނުލުމަށް ވަނީ ގޮވައިލައިފައެވެ. އަދި ރާއްޖޭގައި ކަން ހިނގާ ގޮތުން މިފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅޭ ތަން ނުފެންނަ ކަމަށާއި ނަމަވެސް މިކަން ތަކުރާރު ވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް މީކާއިލް ގޮވައިލެއްވިއެވެ.

"މިކަންކަމާ ގުޅޭ ގޮތުން ފިޔަވަޅު ނާޅައި ތިބެއްޖެ ނަމަ ދެ މަސް ދުވަހު 241 ކޮމިޓީން ކުރެއްވި ބުރަ މަސައްކަތުގެ އެއްވެސް ބޭނުމެއް ނެތް. މިކަންކަމާ ގުޅޭ ގޮތުން ހަރުދަނާ ފިޔަވަޅު އެޅެން އެބަ ޖެހޭ. އަދި މިކަންކަން ތަކުރާރު ނުވާނެހެން އަޅުގަނޑުމެން ފިޔަވަޅު އަޅަން ޖެހޭ" މީކާއިލް ވިދާޅުވިއެވެ.

Ads by HDC
  1. މަގޭ ސުވާލަކީ ކަލޭމެން މާރިޔާ އާ އެހެންމީހުނާ ދިމާކުރާއިރު ކީއްވެހޭ ހަމަލާ ރައްދުވި މީހާގެ ވާހަކަ ނުދައްކަނީ އޭނާ ކީއްވެހޭ ޕޮލިހަށް ނޭންގީ މާރިޔާއަށްވުރެ ކުރިން އެކަން އެނގުނީ އެމީހާއަށް ނޫންބާ ގާނޫނުގެ ކުރިމަތީގަ އެންމެން ހަމަހަމަ ވާން ޖެހޭ. ދެން ތިބުނާ ލަބީބަކުވެސް މާރިޔާ ކައިރީ ބުންޏަސް ގާނޫނު ބުނާގޮތުން އަންގަން ޖެހެނީ ޕޮލިހަށް ކަމަށްވާއިރު އެކަން ނުކުރީ ކީއްވެހޭ. ގާނޫނު އެންމެ ބޮޑަށް އެގެންޖެހޭ މީހާ މަޖްލިސްގެ ރައީސް އޭނާވެސް އަޅާނުލާ ލަބީބު ކައިރީ ހަމައެކަނި މާރިޔާ އަށް ގުޅަން ބުނީ ކީއްވެހޭ ޕޮލި ހަށް އަންގަން ނުބުނީ ކީއްވެހޭ . ކުޑަ ގޮތަކަށް ދުއްވާލަން އުޅުނު ކަމެއް މާބޮޑުވީހެން ހީވާން އުޅެނީ.