Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޑިމާންޑް ބޮޑުވުމުގެ ސަބަބުން ގަތަރު އެއަރވޭސްއިން ރާއްޖެއަށް ދުވާލަކު 4 ދަތުރުކުރަނީ

ޑިމާންޑް ބޮޑުވުމުގެ ސަބަބުން ގަތަރު އެއަރވޭސްއިން ރާއްޖެއަށް ދުވާލަކު 4 ދަތުރުކުރަނީ

ގަތަރު އެއަރވޭސްއިން ރާއްޖެއަށް ދުވާލަކު 4 ދަތުރު ކުރަން ނިންމައިފިއެވެ.

ހޫނު މޫސުމާ ދިމާކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ގިނަވެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން ކުރިން ކުރަމުން އައި 3 ދަތުރުގެ ބަދަލުގައި 4 ދަތުރު ކުރުމަށް ނިންމައިފައިވާކަމަށް އެ އެއަރވޭސްއިން ބުނެއެވެ.

ކޮވިޑް 19ގެ ސަބަބުން ދުވަސްތަކެއް ވަންދެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލި ފަހުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އެއް ސަރަހައްދަކީ މެދުއިރުމަތީގެ ގައުމުތަކެވެ. އެއާ އެކު ބޯޑަރު އަލުން ހުޅުވައިލުމުން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފެށި އެއަރލައިނަކީ ގަތަރު އެއަރވޭސްއެވެ.

Advertisement
Allied Insurance — Square (box)

ޓުއަރިޒަމް މިނިސްޓްރީން މިދިޔަ ޖޫންމަހު ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު ޖޫންމަހުގެ ނިޔަލަށް 555،494 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

ޖޫންމަހު އެންމެ ގިނަ ފަތުރުވެރިން މިހާތަނަށް ރާއްޖެ އައިސްފައި ވަނީ އެމަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު 2519 ފަތުރުވެރިން ވަނީ އައިސްފައެވެ.

ކޯވިޑްގެ ނަންބަރުތައް ރާއްޖޭގައި މި ފަހުން އިތުރުވާން ފެށުމާ އެކު ބައެއް ސަރަޙައްދުތަކުން އަންނަ ފަތުރުވެރިންނަށް ވިސާ ދިނުން ހުއްޓަައިލުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވި ނަމަވެސް ޖުލައިމަހުގެ ތެރޭގައި އަނެއްކާ ވެސް ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވާން ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް 19ގެ ބަލިމަޑުކަމާއެކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ވިޔަފާރި ވަނީ މުޅިން އަޑިއަޅައިލައިފައެވެ. އެހެން ނަމަވެސް ގައުމުތައް ހުޅުވާލަން ފެށުމާ އެކު އެ އިންޑަސްޓްރީ މިހާރު ދަނީ ކުރިއަރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް