Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މިއަދު ކޮވިޑަށް ފައްސިވީ އެންމެ 55 މީހުން

މިއަދު ކޮވިޑަށް ފައްސިވީ އެންމެ 55 މީހުން

ރާއްޖެއިން މިއަދު އިތުރު 55 މީހުން ކޮވިޑް-19 އަށް ފައްސި ވެެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 25 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 20 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި ވެފައިވަނީ 10 މީހުންނެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައިވަނީ 74،903 މީހުންނެވެ.

Advertisement
Ooredoo — Square (box)

ބަލިން ފަސޭހަވެފައިވަނީ 71،877 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 26 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 213 މީހުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް