Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އައްޑޫ ސިޓީގައި ޖަމާއަތުގައި ނަމާދުކުރަން ފަށަނީ

އައްޑޫ ސިޓީގައި ޖަމާއަތުގައި ނަމާދުކުރަން ފަށަނީ

ކޮވިޑް-19 ފެތުރޭތީ ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑައިލައިފައި އޮތުމަށް ފަހު އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ފަށަން ނިންމައިފިއެވެ.

އައްޑޫ ސިޓީގެ ކައުންސިލް މެންބަރު އިބްރާހިމް ޝިނާޒް ވިދާޅުވީ އެޗްޕީއޭއާ މަޝްވަރާ ކުރުމަށްފަހު ލުއިތަކެއް ދޭން ނިންމައިފައިވާ ކަމަށެވެ. އެގޮތުން މިރޭގެ ފަތިސް ނަމާދަށް ފަހު އައްޑޫގެ ހުރިހާ މިސްކިތެއްގައި ވެސް ޖަމާޢަތުގައި ނަމާދު ކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީހެ އިތުރުން ވެސް ގިނަ ލުއިތަކެއް ދޭން ނިންމައިފައިވާކަން ފާހަގަ ކުރައްވަމުން ޝިނާޒް ވިދާޅުވީ ރެސްޓޯރެންޓުތައް ހުޅުވުމަށް ވެސް ހުއްދަ ދެވިފައިވާ ކަމަށެވެ. އަދި ހަމަ އެހެންމެ ހަވީރު 3 އިން 6އަށް ކުޅެން ދިއުމަށް ވެސް ހުއްދަ ދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މާލެ ސިޓީގައި ވެސް ކޮވިޑްގެ ވޭދަނަތައް ގިނަވުމާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑައިލައިފައި އޮތުމަށް ފަހު ޖަމާއަތުގައި ނަމާދު ކުރަން ފެށީ ޖުލައި މަހުގެ 1ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް