ޚަބަރު

ޕީޕީއެމްއަށް 10،000 މެމްބަރުން އިތުރުކުރަން ހަރަކާތެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިދިކޮޅު ޕީޕީއެމްއަށް 10،000 މެމްބަރުން އިތުރުކުރުމަށް "މަވެސް ޕީޕީއެމް" ނަމުގައި ހަރަކާތެއް ފަށައިފިއެވެ.

Ads by STELCO

މި ހަރަކާތާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ޕީޕީއެމްގެ އަންހެނުންގެ ގޮފިން އިސްނަގައިގެން ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ "މަވެސް ޕީޕީއެމް" ޝިއާރުގެ ދަށުން މީގެ ކުރިން ވެސް އެ ޕާޓީން މެމްބަރޝިޕް ހަރަކާތްތަކެއް ހިންގައިފައިވާނެ ކަމަށެވެ.

"ކޮވިޑް-19 އާ ގުޅިގެން މި ހަރަކާތްތައް މެދުކަނޑާލުމަށް ފަހު، މިއަދު މި ފެށެނީ އަޅުގަނޑުމެންގެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ޓަކައި އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ޓަކައި ރަސްމީކޮށް ފެށޭ ހަރަކާތެއް" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ މި ހަރަކާތް ކުރިއަށް ގެންދިޔުމަށް އަމާޒުކޮށްފައި ވަނީ އޯގަސްޓު މަހުގެ ނިޔަލަށް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އޯގަސްޓް މަސް ނިމުމާ ހަމައަށް މި ޕާޓީއަށް 10،000 މެމްބަރުން އިތުރު ކުރުން. މާލެއާއި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި ވެސް މި ހަރަކާތް ކުރިއަށް ދާނެ." ހީނާ އިތުރަށް ވިދާޅުވިއެވެ.

މީގެއިތުރުން ހީނާ ވިދާޅުވީ މާލޭގައި މި ހަރަކާތްތައް ހިނގަމުން ދާނީ ތިން ތަނެއްގައި ތިން ސެކްޓާތަކަކަށް ބަހައިލައިގެން ކަމަށެވެ. އަދި އިދިކޮޅު ޕީޕީއެމްގެ ފަރާތުން މި މެމްބަރޝިޕް ހަރަކާތް ކުރިއަށް ގެންދިޔުމަށް ޓަކައި ޓީމްތައް ގޭގެއަށް ޒިޔާރަތް ކުރާއިރު އެ ބޭފުޅުން ތިއްބަވާނީ އެއީ ކޮން ބައެއްކަން އެނގޭ ގޮތަށް ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

އަތޮޅުތަކުގައި ކުރިއަށްގެންދާ މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރި ވާނީ ސްޓިއަރިންގ ކޮމިޓީތަކުން ކަމަށާއި އަންހެނުންގެ ހަރަކާތުގެ ފަރާތުން އަތޮޅުތަކުގެ ކޮމިޓީތަކުން އެ މައުލޫމާތުތައް ހިއްސާ ކުރައްވާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!