Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސަރުކާރުން އަމިއްލައަށް ހުށަހެޅި ބިލް އޮޅައިފަ ލީ ފޫކޮޅު ދަށަށް: އިންތި

ސަރުކާރުން އަމިއްލައަށް ހުށަހެޅި ބިލް އޮޅައިފަ ލީ ފޫކޮޅު ދަށަށް: އިންތި

ސަރުކާރުން އަމިއްލައަށް ހުށަހެޅި ބިލު ސަރުކާރުން އޮޅައިފައި ފޫކޮޅު ދަށަށް ލީކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރައްވައިފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ. ވައްޑެގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ އޭނާ މަޖިލީހަށް ހޮވުނީ އެމްޑީޕީގެ ވައުދުތައް ފުއްދުމަށް މަޖިލިސް ތެރެއިން ކުރަން ޖެހޭ ކަންކަން ކުރުމަށާއި އެކަމުގައި ހަޅޭއްލެވުމަށް ކަމަށެވެ.

ވައްޑެ އިތުރަށް ވިދާޅުވެފައި ވަނީ ނޫސްވެރިކަމަކީ ގަނެވިއްކާ ކަމަކަށް ނުހެއްދެވުމަށެވެ. އޭނާ އެހެން ވިދާޅުވީ އޮންލައިން ނޫހެއްގައި ވައްޑެ ރައީސް ޞާލިހަށް ފާޑުވިދާޅުވިކަމަށް ރިޕޯޓް ކޮށްފައިވަނިކޮށެވެ. ގާނޫނުލް އުގޫބާތަށް ސަރުކާރުން ހުށަހެޅި ބިލްގެ ކަންތަކުގައި މަޖިލީހުގެ ތަޅުން ހޫނުވި ދުވަހު އޭނާ ވަނީ ރައީސް ޞާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

Advertisement
Ooredoo — Truecaller (box)

ވައްޑެގެ ޓްވީޓް ރީޓްވީޓް ކުރައްވައި އިންތި ވިދާޅުވީ ސަރުކާރުން އަމިއްލައަށް ހުށަހެޅި ބިލަކަށް ވައްޑެ ތާއިދުކުރައްވާ ޑިފެންޑް ކުރެއްވިކަން ނޫސްވެރިޔާއަށް އެނގިފައިނުވާ ކަމަށެވެ.

“އަދި މާހުތުރުކޮށް، ސަރުކާރުން އަމިއްލައަށް ހުށަހެޅި އެ ބިލު، ސަރުކަރުން އަމިއްލައަށް އޮޅައިލައި ފޫކޮޅުދަށަށް ލީކަން ނޫސްވެރިއާއަށް ނޭނގިފައި!” އިންތިގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް