ޚަބަރު

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މި ވަގުތުގައި މާލޭގެ ބައެއް މަގުތަކުން ފެންނަމުން ދަނީ ފަޅުކަން ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

މާލޭގައި މާރާމާރީއެއް ހިންގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.

Ads by MWSC

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމާރާމާރީ ހިނގައިފައި ވަނީ ގަލޮޅު ކަރާގޭ ގޯޅީގައެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ގަލޮޅުގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި އަދި އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

މިމާރާމާރީގައި ޒަހަމްވި މީހާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި ޖޫން މަހުގެ 7 ވަނަ ދުވަހު ލ. މާމެންދޫގައި ވަނީ 2 ބިދޭސީން މާރާމާރީ ހިންގާ އެކަކު ކަރަށް ވަޅި ހަރައިފައެވެ. އަދި މިމާރާމާރީގައި ޒަހަމްވި މީހާއަށް މާމެންދޫ ހެލްތު ސެންޓަރުގައި ފަރުވާ ދީފައެވެ.

މިފަހުން މާލޭގައި ހިނގާ މާރާމާރީތައް ވަނީ މަދުވެފައިކަން ފާހަގަކުރެވެއެވެ. އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން މާލޭގައި މާރާމާރީ ހިންގައި މީހުންނަށް ހަމަލާ ދެމުންދެއެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ރާއްޖޭގައި 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރައިލައި އެއްލައިލައިފައި އޮއްވާ ފެނިފައި ވެއެވެ. މި ކުއްޖާ މަރައިލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނައިރު ފުލުހުން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ. ނަމަވެސް ފުލުހުން ވިދާޅުވީ ދައުވާކުރަން ފޮނުވޭނެ ދުވަހެއް ނޭނގޭ ކަމަށެވެ.

މި މައްސަލައިގައި 27 އަހަރުގެ މީހަކާއި 17 އަހަރުގެ މީހެއް ހަމަ އެ ދުވަހު ހައްޔަރު ކުރެވުނު އިރު އެ ކުއްޖާގެ ހަށިގަނޑު ހުޅުމާލެއަށް ގެންދިޔަ ކާރެއް ވެސް ބަލައި ފާސް ކޮށްފައިވެއެވެ. އަދި އެކުއްޖާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންގޮސް މިހާރު ވަނީ ޕޯސްޓްމޯޓަމް ހަދައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!