ލުއި ޚަބަރު

ޔޫޓިއުބްގެ އެހީގައި ފަގީރު ހާލަތުން މުއްސަންޖަކަށްވީ އިސާކްގެ ވާހަކަ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުނިފޫހިފިލުވުމުގެ ގޮތުން ގިނަ ބަޔަކު ބޭނުންކުރާ "ޔޫ ޓިއުބް"އަކީ ފައިސާ ހޯދަން ވެސް މަގުފަހިވާ އެއްޗެއްކަން ދަންނަނީ ކިތައް މީހުން ހެއްޔެވެ؟

Ads by STELCO

އޮދީޝާގެ ސާމްބާލްޕޫރްއަށް އުފަން އިސާކް މުންޑާއަކީ ވެސް އެފަދައިން މުއްސަނދިވީ މީހެކެވެ.

އިސާކްއަކީ ކުރިން މަޖޫރީ މަސައްކަތް ކުރި މީހެކެވެ. އޭނާ ޔޫޓިއުބްގައި ވީޑިއޯ ހަދަން ފެށީ ކޮވިޑްގެ ހާލަތާ ގުޅިގެން އިންްޑިއާ ފުރަބަންދު ކުރުމުގެ ސަބަބުން ކުރާނެ މަސައްކަތެއް ނުލިބުމުންނެވެ.

ކާ އެއްޗެހީގެ ވީޑިއޯ ހަދާ ބްލޮގަރުންގެ ވީޑިއޯ ބަލައިގެން އެފަދަ ވީޑިއޯ ހެދުމަށް މަސައްކަތް ކުރުމަށް ޓަކައި، އިސާކް އެންމެ ފުރަތަމަ ވެސް ހެދީ އޭނާ ބަތާއި ރިހަ ކަނިކޮށް ފެންނަ ވީޑިއޯއެކެވެ. އެއީ މިދިޔަ އަހަރުގެ މާރޗް މަހުގައެވެ. ތައްޓަށް އަތް ލައިގެން ކާން އިން އެ ވީޑިއޯ އެތައް ބަޔަކަށް ކަމުދިޔައެވެ.

އިސާކް ބުނި ގޮތުގައި އޭނާ ކުރިން ޔޫޓިއުބް ބެލީ، މަސައްކަތުގައި އުޅޭއިރު ބަނޑުހައިވީމަ، އެ ބަނޑުހައި ހޫނުކަން މަތިން ހަނދާން ނައްތާލުމަށެވެ. ކުރިން މީހުންގެ ފޯނުން ޔޫޓިއުބް ބެލި އިސާކް، މީހެއްގެ އަތުން 3000 ރުޕީސްގެ ލޯނެއް ނަގައިގެން ފޯނެއް ގަތެވެ. އޭނާގެ އަމިއްލަ ވީޑިއޯތައް ހަދަން ފެށީ އެ ފޯނުންނެވެ.

"އަހަރެން ބޭނުންވީ އަހަރުމެން ދިރިއުޅޭ ފަގީރު ހާލަތާއި އަހަރުމެންގެ ކެއިން ބުއިން ހުންނަ ގޮތް އެންމެންނަށް ދައްކާލަން" އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން އިސާކް ބުންޏެވެ.

އިސާކްގެ ވީޑިއޯތައް ގިނަ ބަޔަކަށް ކަމުގޮސް، އޯގަސްޓް 2020އާ ހަމަޔަށް އައި އިރު އޭނާއަށް ވަނީ 5 ލައްކައަށްވުރެ ގިނަ ރުޕީސް ލިބިފައެވެ. އިސާކް ބުނި ގޮތުގައި އެ ފައިސާއިން އޭނާ ރަނގަޅު ފެންވަރުގެ ގެއެއް އަޅައި، ފަގީރު ހާލަތުން ސަލާމަތްވާން ވިޔަފާރިއެއް ވެސް ފެށިއެވެ. އަދި އެހީއަށް ބޭނުންވާ ފަރާތްތަކަށް އިސާކް ދަނީ އެ ފައިސާއިން އެހީ ވެސް ވަމުންނެވެ.

  1. ވެރިންނަށް

    އަހަރުމެން ދިވެހިންގެ އަތުގައި ފެންވަރު ރަނގަޅު ތަކެތި ހުއްޓެއް ކަމަކު، ޤައުމު ހިންގަން ތިއްބެވި ބޭފުޅުންގެ ނުކުޅެދުންތެރިކަމުގެ ސަބަބުން، ޔޫޓިއުބް މޮނިޓައިޒޭޝަން އެއް، ޕޭޕާލް އެއް އަހަރުމެން ދިވެހިންނަކަށް ބޭނުން ކުރުމުގެ ފުރުސަތު މިވަނީ ނުލިބި.