ޚަބަރު

ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ގޯތިތެރެއިން އަނެއްކާވެސް މިނިކަށިތަކެއް ފެނިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިމާރާތެއް އެޅުމަށް ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ގޯތިތެރެ ކޮނުނު އިރު އަނެއްކާ ވެސް މިނިކަށިތަކެއް ފެނިއްޖެއެވެ.

Ads by Hajj Corporation

ތ.އަތޮޅު ތައުލީމީ މަރުކަޒު ހުންނަ ތިމަރަފުށީ ، ކައުންސިލު ރައީސް އިސްމާއިލް ރަޝީދު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިނިކަށިތައް ފެނިފައި ވަނީ މީގެ ދެ ދުވަސްވަރު ކުރިން ކަމަށާއި އެތަކެތި މިހާރު އަންގަވައިފައިވާ ގޮތަށް ވަޅުލައިފައިވާ ކަމަށެވެ.

އެ ސަރަޙައްދުން ފެނުނު މިނިކަށިތައް މޫދަށް އުކާލި ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ. ނަމަވެސް އެކަން ދޮގު ކުރައްވަމުން ކައުންސިލު ރަޝީދު ވިދާޅުވީ، މިނިކަށިތަކާ މެދު އަމަލު ކޮށްފައިވާނީ އެކަންކަން ކުރަންވީ ގޮތަށް ކަމަށާއި އެތަކެތި ވަނީ ވަޅުލައިފައި ކަމަށެވެ.

މިކަމާ ގުޅޭގޮތުން "ދެން" އަށް އިތުރު މައުލޫމާތު ދެމުން އެ ރަށު އަތަމާގޭ މުޙައްމަދު ޝަރީފް (52އ.) ބުނީ، ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ގޯތި ތެރެ ކޮނުމުން ކަމަށާއި އެފަދައިން ވަރަށް ގިނައިން މިނިކަށި ފެންނަ ކަމަށެވެ. އެގޮތުން އެންމެ ފަހުން އެތަކެތި ފެނިފައި ވަނީ މީގެ ދެ ދުވަސް ކުރިން ކަމަށް ވެސް ޝަރީފް ބުނެފައިވެއެވެ.

"އެތަން ހުޅުވީ 1980 ވަނަ އަހަރު އޭގެ ފަހުން އެތަން ކޮނެލާ ކޮންމެ ފަހަރަކު، މިނިކަށިތަކެއް ފެނޭ." ޝަރީފް ބުންޏެވެ.

މޫދަށް އުކަނީ މިނިކަށިތައް ނޫން ކަމަށާއި އުކަނީ އެތަން އިމާރާތް ކުރުމަށް އަޅާ ފަސްތަކާއި އެތަނުގައި ކުނޑި ގައުތަކާއި އެފަދަ އެއްޗެހި ކަމަށް ވެސް އޭނާ ބުންޏެވެ.

ޝަރީފު އިތުރަށް ބުނީ ކަށިތައް ފެނުނު ސަރަޙައްދަށް ކުޑަކުދިން ޤާޟާހާޖާ ކުރާތީއާއި އެކަމާއި އަންހެނުން ވެސް ވަކި ދުވަސްވަރެއްގައި (ހައިޟުގެ ދުވަސްވަރުގައި) އެތަނަށް ވަނުން މަނާ ކުރަން ޖެހޭކަމަށް އާންމު ރައްޔިތެއްގެ ހައިސިއްޔަތުން އޭނާއަށް ފެންނަ ކަމަށެވެ.

 

Ads by Ooredoo
  1. ްއައްޔަ

    ބަލަ ގަބުރުސްތާނުން ފެންނާނީ ކައްޓެއްނުން