Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހިޔާ އެއްބަސްވުމުގައި ސޮއިކުރެވޭނީ ބޭނުންވާ މައުލޫމާތު ދިން މީހުންނަށް: އެޗްޑީސީ

ހިޔާ އެއްބަސްވުމުގައި ސޮއިކުރެވޭނީ ބޭނުންވާ މައުލޫމާތު ދިން މީހުންނަށް: އެޗްޑީސީ
ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ތާވަލުކުރާނީ އެއްބަސްވުން އެކުލަވައިލުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތުތައް ހުށައެޅި ފަރާތްތަކަށްކަމަށް ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފިއެވެ.

އެޗްޑީސީން ވިދާޅުވީ ހިޔާމަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓަށް ހޮވިފައިވާ ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް 14 ޖުލައި 2021 އިން 15 އޮގަސްޓް 2021 ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ނިންމައިފައިވާކަމަށެވެ. އަދި އެއްބަސްވުންތަކުގައި ސޮއިކުރަމުން ގެންދާނީ ޓަވަރުތަކުގެ ތަރުތީބުން ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އެއްބަސްވުންތަކުގައި ސޮއި ކުރަން ހަމަޖެހިފައިވާގޮތް

- H9 ( 14 ޖުލައި އިން 15 ޖުލައި ) - H13 ( 17 ޖުލައި އިން 18 ޖުލައި ) - H16 ( 24 ޖުލައި ) - H15 ( 25 ޖުލައި ) - H4 ( 27 ޖުލައި ) - H10 ( 28 ޖުލައި ) - H12 ( 29 ޖުލައި ) - H5 ( 31 ޖުލައި ) - H11 ( 02 އޮގަސްޓް ) - H14 ( 04 އޮގަސްޓް ) - H6 ( 05 އޮގަސްޓް ) - H8 ( 07 އޮގަސްޓް ) - H2 ( 10 އޮގަސްޓް ) - H7 ( 12 އޮގަސްޓް ) - H1 ( 14 އޮގަސްޓް ) - H0 ( 15 އޮގަސްޓް )

އެޗްޑީސީން ވިދާޅުވީ އެ ތާވަލުގައި ބަޔާންކޮށްފައިވާގޮތަށް ޓަވަރު ތަރުތީބުން ސޮއިކުރުން ކުރިއަށް ގެންދަން ހަމަޖެހިފައި ވީނަމަވެސް، އެ ޓަވަރުތަކުން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރަން ތާވަލުކުރެވޭނީ، އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މަޢުލޫމާތު، ފޯމު ނަންބަރު: HF1 (ފުލެޓު ލިބިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ފޯމު) އަދި ފޯމު ނަންބަރު: HF2 (ފުލެޓުގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގެ ޒިންމާ އަދާކުރާނެ ފަރާތް ހަމަޖެއްސުން) ފުރިހަމަކޮށް، އެ ކޯޕަރޭޝަނަށް ހުށަހަޅައިފައިވާ ފަރާތްތަކަށް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް