Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް ޔާމީނާއެކު މަސައްކަތް ކުރާކަށް އެމްޑީޕީ މެންބަރުން ބޭނުމެއް ނުވާނެ: މޫކޭ

ރައީސް ޔާމީނާއެކު މަސައްކަތް ކުރާކަށް އެމްޑީޕީ މެންބަރުން ބޭނުމެއް ނުވާނެ: މޫކޭ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަަރު ރައީސް ޔާމީން އަބްދުލް ޤައްޔޫމާއެކީ މަސައްކަތް ކުރަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މެންބަރުން ބޭނުން ނުވާނެ ކަމަށް، އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލި މަނިކް (މޫކޭ) ވިދާޅުވެއްޖެއެވެ.

މޫކޭ މިހެން ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕްއަކަށް ރައީސް މުޙައްމަދު ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ރައީސް ޞާލިޙާ މިހާރު ފިކުރީ ގޮތުން ޚިޔާލު ތަފާތު ކަމަށް ވިދާޅުވެ، ރައީސް ޔާމީނާއެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

https://twitter.com/VMookey/status/1414564177365114880?s=20

Advertisement
Ooredoo — Square (box)

މޫކޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނާ އެކު މަސައްކަތް ކުރެއްވުމަކީ ޤައުމަށް ރަނގަޅު ގޮތެއް ނޫން ކަމަށާއި އެއީ އިންސާފު ހޯދޭނެ ގޮތެއް ވެސް ނޫން ކަމަށެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ބައެއް ބޭފުޅުން ހިތްހަމަ ނުޖެހުނަސް ކުރާނެ ކަމެއް ނެތް ކަމަށާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރައްވާ ނަމަ އެ މަނިކުފާނު އެ ބޭފުޅުންގެ އެހީއަށް އެދިލައްވާނެ ކަމަށެވެ. މިއާ އެކު ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ ބޭފުޅުންދަނީ ރައީސް ނަޝީދަށް ފާޑު ކިޔުންތައް އަމާޒު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް