Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިނގިރޭސި ބަހުން ކޯޓު އަމުރުތައް ނެރެވޭނެ ގޮތް ހަދައިފި

އިނގިރޭސި ބަހުން ކޯޓު އަމުރުތައް ނެރެވޭނެ ގޮތް ހަދައިފި

ބިދޭސީންގެ މައްޗަށް ނެރޭ ކޯޓު އަމުރުތައް އިނގިރޭސި ބަހުން ނެރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސޮއިކުރައްވާ ނެރުއްވި ޕްރެކްޓިސް ޑައިރެކްޝަނުގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ކޯޓެއްގެ ސަރަޙައްދީ އިޚްތިޞާޞް ނުހިނގާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދެއް، އުޅަނދެއް، ނުވަތަ ރާއްޖޭގެ ސަރަޙައްދުން ބޭރުގައި ހުރި މީހަކަށް ދޫކުރަންޖެހޭ ކޯޓު އަމުރު، ބައިނަލްއަޤުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން ދޫކުރުމުގެ ބާރު ލިބިގެން ވަނީ
ކްރިމިނަލް ކޯޓަށް ކަމަށެވެ.

އަދި ބައިނަލްއަޤުވާމީ ފަރާތެއްގެ މައްޗަށް ރައްދުވާގޮތަށް ނުވަތަ އެފަރާތުގެ ބޭނުމަށް ނެރޭ އަމުރުތަކާއި ބިދޭސީ އެއްގެ މައްޗަށް ނެރޭ އަމުރުތައް އެ ފަރާތްތަކަށް ދޭހަވާނޭ ފަދަ ބަހަކުން އޮތުމަކީ މުހިއްމުކަމެއް ކަމަށްވާތީ، އަމުރުތައް ނެރުމުގައި އެ ގަވާއިދުގެ ޖަދުވަލުތަކުގައިވާ ނަމޫނާގައި ބަޔާންކޮށްފައި ހުރި ކަންކަން ހިމެނޭގޮތަށް އިނގިރޭސި ބަހުން ނެރުމަށް ހުރަހެއް ނެތް ކަމަށް އެ ޑައިރެކްޝަނުގައި ވެއެވެ.

Advertisement
Allied — Dhen Online (box)

ބިދޭސީއެއްގެ މައްޗަށް ހިންގާ ޝަރީއަތްތަކުގައި ވެސް ރާއްޖެއިން އަމުރުތައް ނެރެމުން ދަނީ ދިވެހި ބަހުންނެވެ. އެ އަމުރުތައް ބިދޭސީންނަށް ނޭނގޭ ބަހަކުން އޮންނާތީ އެކަމުގެ ކަންބޮޑުވުން ގިނަ މީހުން ދަނީ ކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް