ޚަބަރު

ކަރަންޓީނު ނުވެ ނުދެވޭ 22 ރަށް އަދިވެސް އެބައޮތް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19ގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި އޮތުމުގެ ސަބަބުން އަރައިފޭބުން މަނާ ކޮށްފައިވާ 22 ރަށެއް އެބައޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިދީ، ވެކްސިން ފުރިހަމަކުރާތާ 14 ދުވަސް ފަހުން، ނައްސި ޕީސީއާރް ޓެސްޓަކާ އެކު ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ ގޮތަށް އެޗްޕީއޭއިން ވަނީ ހަމަޖައްސައިފައެވެ. މިގޮތަށް ދެވޭނީ ކޮވިޑަށް ފައްސިވާ ރޭޓް ފަސް އިންސައްތައަށްވުރެ ދަށުގައި ހުރި އެއްރަށުން އަނެއް ރަށަށެވެ.

މިހާރު މާލެއިން ދަތުރު ނުކުރެވޭ 22 ރަށަކީ ހއ.ދިއްދޫ، ށ.ފޯކައިދޫ، ނ.ވެލިދޫ، ނ.މިލަދޫ، ރ.އަލިފުށި، ރ.މީދޫ، ރ.ދުވާފަރު، ރ.ފައިނު، ކ.ގުރައިދޫ، އއ.ތޮއްޑޫ، މ.މުލައް، ފ.ފީއަލީ، ލ.އިސްދޫ، ލ.މާވަށް، ލ.ކަލައިދޫ، ގއ.ގެމަނަފުށި، ގއ.ވިލިނގިލި، ގއ.ކޫއްޑޫ، ގދ.ތިނަދޫ، ގދ.ގައްދޫ، ޏ.ފުވައްމުލަކު އަދި އައްޑޫއެވެ.

އެޗްޕީއޭގެ އުސޫލުގައި ބުނެފައިވާ ގޮތުން ޕޮޒިޓިވިޓީ ރޭޓް 5-10އަކާ ދެމެދުގައި ހުރި ނަމަ ހަތް ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭނެއެވެ. އަދި 10 އަށް ވުރެ މައްޗަށް ގޮސްފި ނަމަ، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭނެއެވެ.

ރަށަށް ދިއުމުގެ ކުރިން 72 ގަޑިއިރު ނުވާ ޕީސީއާރު ނައްސި ނަތީޖާއެއް ހުށަހަޅަން ޖެހޭތީ ގިނަ ބަޔަކު މިހާރު އަންނަނީ ޓެސްޓް ހަދަމުންނެވެ. އިއްޔެ ވެސް 8،000 މީހަކު ޓެސްޓް ހަދައިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!