Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިތުރުު 6،755 މީހުން ވެކްސިން ފުރިހަމަކޮށްފި

އިތުރުު 6،755 މީހުން ވެކްސިން ފުރިހަމަކޮށްފި

ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން އިތުރު 6،755 މީހުން ފުރިހަމަ ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 242،370އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 319،378އަށް އަރައިފައެވެ.

އެންމެ ފަހުން ވެކްސިން ދިން އަދަދުތަކަށް ބަލާއިރު ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތަކުން 397 މާލެ ސަރަހައްދުގައި ޖަހައިފައި ވަނީ 225 މީހުންނެވެ. ދެވަނަ ޑޯޒް އަތޮޅުތަކުން 3،199 މީހުން ވަނީ ފުރިހަމަކޮށްފައެވެ. އަދި މާލެ ސަރަހައްދުން 3،556 މީހުންނެވެ.

Advertisement
Allied — Dhen Online (box)

ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް ހުސްވުމާއެކު، އެ ވެކްސިން އާންމުކޮށް ޖެހުން ގިނަދުވަސްތަކަކަށް ވަނީ މެދުކަނޑައިލައިފައެވެ. ނަމަވެސް މިހާރު ކޮވިޝީލްޑް ވެކްސިން ވެސް ވަނީ އަލުން ޖަހަން ފަށައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް