Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސްގެ އަނބިކަނބަލުން ޔުނިސެފްގެ ރެޕްރެޒެންޓޭޓިވްއާ ބައްދަލުކުރައްވައިފި

ރައީސްގެ އަނބިކަނބަލުން ޔުނިސެފްގެ ރެޕްރެޒެންޓޭޓިވްއާ ބައްދަލުކުރައްވައިފި

ޔުނިސެފްއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ރެޕްރެޒެންޓެޓިވް މިސް މަރްޖާން މޮންތަޒެމީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ މުލިއާގޭގައެވެ. މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިސް މޮންތަޒެމީ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވްކަމާއި ހަވާލުވެވެޑައިގެންނެވުމުން އެކަމަށް މަރުޙަބާ ދަންނަވައިފައެވެ. އަދި ދެބޭފުޅުން ވަނީ ކުޑަކުދިންގެ ޙިމާޔަތާއި ރައްކާތެރިކަމާއި، ތަޢުލީމާއި، ކޮވިޑްގެ ސަބަބުން އެކުދިންނަށް ކޮށްފާނެ އަސަރުތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.

މިސް މޮންތަޒެމީ ވަނީ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ސަޕޯޓް ސިސްޓަމެއް ޤާއިމުކުރުމަށް ޔުނިސެފުން ރާވާމުންދާ ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ހިއްސާކުރައްވައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ޔުނިސެފުން ކުރިއަށް ރާވާ ހިންގާ ޕްރޮގްރާމްތަކުގައި އެކަމަނާގެ އެއްބާރުލުމާއި އެހީތެރިކަން ކުރިއެކޭ ވެސް އެއްފަދައިން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

Advertisement
Allied Insurance — Square (box)

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި މިސް މޮންތަޒެމީ ވަނީ ރާއްޖޭގައި މިވަގުތު ކޮވިޑް-19 ގެ ސަބަބުން އެޅި ފިޔަވަޅުތަކާ އެކު ގިނަ ދުވަސްތަކެއް ވަންދެން ކުޑަކުދިން ގޭގައި ތިބެންޖެހުމުން ކުޑަކުދިންނަށް ބޭރުގައި ނިކުމެއުޅުމާއި ސްކޫލަށް އަނބުރާ ދިއުމަށް ބޮޑު ހިތްނުތަނަވަސްކަމަކާ ކުރިމަތިލާންޖެހިފައިވާ ވާކަން ފާހަގަ ކުރައްވައިފައެވެ. ވުމާ އެކު، މިވަގުތު ކުޑަކުދިންނަށް އެންމެ މުހިއްމުކަމަކީ ރައްކާތެރިކަމާ އެކު އަލުން އަނބުރާ ސްކޫލަށް ނުކުމެވޭނެ ގޮތް މެދުވެރިވުންކަމުގައި އެބޭފުޅުން ފާހަގަ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ޔުނިސެފުން ރާއްޖެއަށް ކޮށްދެއްވަމުންގެންދަވާ ކަންކަން އަދި ވަކިން ޚާއްސަކޮށް ކުޑަކުދިންނާއި ދަޢުލަތުގެ ބެލުމުގެ ދަށުގައިތިބޭ ކުދިންނަށް ކޮށްދެއްވާ ކަންކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް