Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޢީދު ބަންދުގައި މާލެ ސަރަޙައްދުގައި ވެކްސިން ޖެހުން މެދުކަނޑައިލާނެ: އެޗްއީއޯސީ

ޢީދު ބަންދުގައި މާލެ ސަރަޙައްދުގައި ވެކްސިން ޖެހުން މެދުކަނޑައިލާނެ: އެޗްއީއޯސީ

ޢީދު ބަންދުގައި މާލެ ސަރަހައްދުގައި ވެކްސިން ޖެހުން މެދުކަނޑައިލާނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ހުއްޓައިލާނެ ކަމަށެވެ. އަދި އީދު ބަންދަށް ފަހު ވެކްސިން ޖަހަން އަލުން ހުޅުވައިލާނެ ކަމަށާއި ހުޅުވަން ކައިރިވުމުން ތާރީޚު އިއުލާންކުރުމާ އެއްކޮށް އެޕޮއިންޓްމެންޓް ހެދުމަށް ވެސް ހުޅުވައިލާނެ ކަމަށެވެ.

ރާއްޖޭގައި މިހާރު އެޕޮއިންޓްމެންޓް އުސޫލުން ވެކްސިން ޖަހައިދެނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ޖެހޭ ފަރާތްތަކަށެވެ. ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

Advertisement
Allied — Dhen Online (box)

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 242،370އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 319،378އަށް އަރައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް