Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

20 ސްޓިކަރ ޖަހައިފި ނަމަ ލައިސަންސް ބާތިލް ކުރެވޭނެ، އަލުން ލައިސަންސަށް އެދެވޭނީ 6 މަސް ފަހުން

20 ސްޓިކަރ ޖަހައިފި ނަމަ ލައިސަންސް ބާތިލް ކުރެވޭނެ، އަލުން ލައިސަންސަށް އެދެވޭނީ 6 މަސް ފަހުން

20 ޕާކިން ވަޔަލޭޝަން ސްޓިކާ ޖެހުމުން ލައިސަންސް ބާތިލު ކުރެވޭ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވާއިދު ގެޒެޓް ކޮށްފިއެވެ.

ރޭ ގެޒެޓް [ކޮށް މިއަދުން ފެށިގެން އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިވާ މިގަވާއިދުގެ ދަށުން ބާތިލް ކުރެވޭ ލައިސަންސްތަކަށް އަލުން އެދެވޭނީ 6 މަސް ފަހުން ކަމަށް ވެސްް މިގަވާއިދުގައި ބުނެފައިވެއެވެ.

މިގަވާއިދުގެ ދަށުން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު ޕާކު ކުރި މީހާގެ ލައިސަންސުން ފަސް ކްރެޑިޓް ޕޮއިންޓް އުނިކުރާ ގޮތަށް ހަމަޖައްސައި 100 ޕޮއިންޓްގެ ކްރެޑިޓް ހުސްވުމުން ލައިސަންސް ބާތިލުވާނެއެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް ޕާކް ކުރުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ވެއްޖެ ނަމަ އުޅަނދު ދުއްވި މީހާގެ ލައިސަންސްއިން 75 ކްރެޑިޓް ޕޮއިންޓް ކެނޑޭނެއެވެ. މީގެ އިތުރުން މިގޮތަށް ޕާކު ކުރުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެ ނަމަ ވެސް އެ އުޅަނދެއް ދުއްވި ފަރާތެއްގެ ލައިސަންސްއިން 50 ކްރެޑިޓް ޕޮއިންޓް ކެނޑޭނެއެވެ.

Advertisement
Ooredoo — Square (box)

ހަމަ އެހެންމެ ޕާކު ކުރުމުގައި ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް އަމަލުކުރުމުގެ ކުށް ތަކުރާރުވާ ކޮންމެ ފަހަރަކު އުޅަނދު ދުއްވި މީހާގެ ލައިސަންސްއިން 25 ޕޮއިންޓް އުނިވާނެއެވެ. އަދި އުޅަނދު ދުއްވި މީހާގެ އިހުމާލުން އެއް އަހަރު ދުވަހުގެ ތެރޭގައި ފަސް އެކްސިޑެންޓަށް ވުރެ ގިނައިން އެކްސިޑެންޓް ހިނގާ ކޮންމެ ފަހަރަކު އުޅަނދު ދުއްވި މީހާގެ ލައިސަންސްއިން 20 ޕޮއިންޓް އުނިވާނެ ކަމަށް ބުނެފައިވެއެވެ.

ދުއްވާ އެއްޗެހި ގިނަވެ މާލޭގައި ޕާކް ކުރާނެ ޖާގަ ނެތުމުގެ ޝަކުވާ އިތުރުވެފައިވާ އިރު ސަރުކާރުން ދަނީ މާލޭގައި ބޭނުން ނުކޮށް ހުންނަ ހުސްބިންތައް ހުސްކުރުމަށް ފަހު ޕާކިން ޒޯނުތައް ހަދަމުންނެވެ. އަދި ބޭނުން ނުކޮށް މާލެ މަގުތައް މަތީ ގިނަ ދުވަަސްވަންދެން ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެެ މަސައްކަތް ވެސް މާލޭ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް