Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އަނެއްކާ ވެސް ފައްސި އަދަދުތައް މަތި ވަނީ، މިއަދު 114 މީހުން

އަނެއްކާ ވެސް ފައްސި އަދަދުތައް މަތި ވަނީ، މިއަދު 114 މީހުން

ރާއްޖެއިން މިއަދު އިތުރު 114 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 18 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 82 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސިވެފައި ވަނީ 9 މީހުންނެވެ. އަދި ތަރައްގީ ކުރަމުން އަންނަ ރަށްރަށުން 5 މީހަކު މިއަދު މި ބައްޔަށް ފައްސިވެފައިވެއެވެ.

Advertisement
Allied Insurance — Square (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 75،736 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 72،930 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 11 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 216 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް