ޚަބަރު

ސިޓީ ކައުންސިލުން މާލޭ ރައްޔިތުންނާ ބައްދަލުކުރަނީ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ލާމަރުކަޒީ ގާނޫނުގައިވާ ފަދައިން މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ތައްޔާރުވެއްޖެއެވެ.

Ads by Sosun Fihaara

މިދިޔަ ބުރާސްފަތި ދުވަހު މީޑިއާއާ ބައްދަލު ކުރައްވައި މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވަނީ މި ބައްދަލުވުންތަކުގެ ތަފްސީލް ހިއްސާ ކުރައްވައިފައެވެ.

މުޢިއްޒު ވިދާޅުވީ މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލު ކުރައްވާނީ ވަކިވަކީން ކަމަށާއި މި ބައްދަލު ކުރުންތަކުގައި ގިނަ ކަންތައްތަކަކާ މެދު މަޝްވަރާ ކުރެވޭނެ ކަމަށެވެ.

ބައްދަލުވުންތަކުގެ ތަފްސީލް 

ގަލޮޅު: 05 އޮގަސްޓް ، 20:30 ބާ އިންޖީނުގޭ ޕާކްގައި

ވިލިމާލެ: 08 އޮގަސްޓް ، 20:30 ވިލިމާލެ ފުޓްބޯޅަދަނޑުގައި

މައްޗަށްގޮޅި: 10 އޮގަސްޓް ، 20:30 މާފަންނު ޓަރފް ސްޓޭޑިއަމްގައި

މާފަންނު: 12 އޮގަސްޓް ، 20:30 ރަސްފަންނުގައި

ހެންވެއިރު: 14 އޮގަސްޓް ، 20:30 ލޮނުޒިޔާރަތް ޕާކްގައި

މޭޔަރު ވިދާޅުވީ މި ބައްދަލުވުންތަކުގައި މާލޭގެ ލޭންޑް ޔޫސް ޕްލޭނާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމާއި ގުޅިފަޅުން ގޯތި އަދި ފްލެޓްދޭނެ ބިން ހަމަޖެއްސުމާ ގުޅޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދެއްވާ ރައްޔިތުންގެ ޚިޔާލު ހޯއްދަވާނެ ކަމަށެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތަށް މަގު ބަންދު ކުރުމާއި ހިނގާ މީހުންނަށް އުނދަގޫވާނެހެން ހުންނަ ކަންކަން ހައްލު ކުރުމާއި ވެހިކަލް ދުއްވުން މަނާކޮށް ހިނގާއުޅޭ ގޮތަށް ހުންނަ ގޯޅިތަކާ ގުޅޭ ގޮތުން ވެސް ޚިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޓްރެފިކް ވާޑެން ތަޢާރަފް ކުރުމާއި ޕާކިން ބިލްޑިން އެޅުމާއި ފުޓްސެލް ދަނޑާއި ނެޓްބޯޅަ ކޯޓްތައް އަޅާނެ ތަންތަނާ ގުޅޭ ގޮތުންނާއި ބޮޑުގޭގައި މިސްކިތެއް އެޅުމާއި ބާއިންޖީނުގޭ ބިމުގައި ޕާކެއް އެޅުން ފަދަ ޚާއްޞަ ކަންތައްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެކަން މޭޔަރު ހިއްސާ ކުރެއްވިއެވެ.

Ads by Allied Insurance
  1. Adindaa19

    ބެސްޓް.