Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެމްޑީޕީން އައްޔަން ކުރާ ރައީސެއްގެ ފަހަތުގައި ތިއްބަވަން ޖެހޭނެ: ރީކޯ މޫސަ

އެމްޑީޕީން އައްޔަން ކުރާ ރައީސެއްގެ ފަހަތުގައި ތިއްބަވަން ޖެހޭނެ: ރީކޯ މޫސަ

އެމްޑީޕީން އައްޔަން ކުރާ ރައީސެއްގެ ފަހަތުގައި ތިއްބަވަން ޖެހޭނެ ކަމަށާއި ރާއްޖޭގައި މިހާރު ހުންނެވި އެންމެ ތާއީދު ބޮޑު ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙުކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

މޫސަ މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މޫސަ ވިދާޅުވީ އެމްޑީޕީން ގެނައި ވަރުގެ ތަރައްގީއެއް މީގެ ކުރިން އެއްވެސް ޕާޓީއަކަށް ނުގެވޭ ކަމަށެވެ. އަދި ރައީސް ސޯލިހްއަކީ ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި އަދި އެމަނިކުފާނަކީ ވަރަށް ކެތްތެރި ބޭފުޅެއް ކަމަށެވެ. “ރައީސް ސޯލިހް އަކީ ވަރަށް ކެތްތެރި ބޭފުޅެއް. ވަރަށް ގިނަ ދުވަހު ސިޔާސީ ދާއިރާގަ އުޅުއްވާފަ ހުރި ތަޖުރިބާކާރު ބޭފުޅެއް. ރައީސް ސޯލިހްގެ މަސައްކަތުން ރާއްޖެއަށް މިހައިތަނަށް ނުގެނެވޭ ވަރުގެ ތަރައްގީ ގެނެސްފި” މޫސަ ވިދާޅުވިއެވެ. މީގެ އިތުރުން މޫސަ ވިދާޅުވީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތާއީދު ބޮޑު ސިޔާސީ ވެރިއަކީ ވެސް ރައީސް ޞާލިޙް ކަމަށެވެ. އަދި އެމްޑީޕީން ގެނައި ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ކޮށްފައިވާކަމަށް ވެސް މޫސަ ވަނީ ފާހަގަކޮށްފައެވެ. އަދި ދައުލަތް ހިންގާ ވެރިމީހާގެ ޝަރަފު ދެވަނަ ފަހަރަށް އެމްޑީޕީއަށް ލިބިފައިވާކަމަށް ވެސް މޫސަ ފާހަގަ ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް