ޚަބަރު

ޕާކިން ޖާގައަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މާލެސިޓީގައި އިންނަ ޕާކިންގް ޒޯނެއް/ ފޮޓޯ: އަވަސް

މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރާ ޕާކިން ޖާގަތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

Ads by Hajj Corporation

މިކަމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންނަ އޮގަސްޓު މަހު 14 ވަނަ ދުވަހުގެ 2:00 އާ ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.

އެ ކައުންސިލުން ބުނި ގޮތުގައި މުއްދަތު އިތުރު ކުރުމަށް ނިންމީ ފޯމު ހުށަހަޅާއިރު ހިމަނަން ޖެހޭ ބައެއް ލިޔެކިޔުންތައް ހޯދުމުގައި ބައެއް ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާތީއެވެ.

ޖުމްލަ 10 ސަރަޙައްދަކުން 211 ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން މަގުމަތީ ޕާކިންތަކުގެ ގޮތުގައި އަމީނީ މަގާ ގުޅިފައިވާ 123 ޖާގަ ދޫކުރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން ޕާކިންގަށް ޖާގަތައް ދޫކުރަނީ މއ. ވައިދެރިޔާ ހިނގުމުން 44 ޖާގަ، މާފަންނު ރާދަފަތި ހިނގުމުން 21 ޖާގަ، ކުރެދި ގޯޅިން 10 ޖާގަ އާއި މއ. ހުދުފަޅު ހިނގުމުން އަށް ޖާގަ، މ .ހިލާލީމަގު، އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީ ފަޅިން 20 ޖާގައިގެ އިތުރުން މ .ހިލާލީމަގު، އަމީނީމަގު އިރުމަތީފަޅިން 10 ޖާގަ އާއި ސަލާހުއްދީން ޕާކިން 10 ޖާގަ، އާޓިފިޝަލް ބީޗް ޕާކިން 24 ޖާގަ، އަލިމަސްކާނިވާ ސަރަހައްދުން ހަ ޖާގަ، އަދި ސަލްމާން މިސްކިތް ސަރަހައްދުން 58 ޖާގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!