Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެމްޑީޕީގެ މިހާރުގެ ލީޑަޝިޕް ބަދަލު ކުރުން ވަރަށް މުހިންމު: ރީކޯ މޫސާ

އެމްޑީޕީގެ މިހާރުގެ ލީޑަޝިޕް ބަދަލު ކުރުން ވަރަށް މުހިންމު: ރީކޯ މޫސާ

ވެރިކަން ކުރާ އެމްޑީޕީގެ މިހާރުގެ ލީޑަޝިޕް ބަދަލު ކުރުން ވަރަށް މުހިންމު ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕަރސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވެފައި މި ވަނީ، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުއާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއާ ދެމެދު ޚިޔާލު ތަފާތުވުން ތަކެއް އުފެދިފައިވާ ކަމަށް ބުނެ، ސަރުކާރުގެ ބައެއް ކަންކަމަށް ރައީސް ނަޝީދު ފާޑު ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

މަޖިލީހުގެ ކުރީގެ ނައިބު ރައީސްކަން ވެސް ކުރައްވައިފައިވާ ރީކޯ މޫސަ މިއަދު ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ އެމްޑީޕީގެ މިހާރުގެ ލީޑަޝިޕް ބަދަލު ކުރުން މުހިންމު ކަމަށެވެ.

Advertisement
Allied — Dhen Online (box)

"ރައީސް ނަޝީދު ވެސް ހުންނެވީ ޕާޓީ ބައިބައިވިޔަ ނުދޭން. އެހެން ވިޔަސް ޕާޓީގެ މަދު ބަޔަކު ރައީސް ނަޝީދުއާއި ރައީސް ޞާލިޙްއާ ދޭތެރެ ޖައްސާފައި އެމްޑީޕީ ރޫޅައިލަން އުޅޭކަން ރައީސް ނަޝީދުގެ ބަހުން ވަރަށް ސާފު" މޫސަ ތުހުމަތު ކުރައްވާފައިވެއެވެ.

https://twitter.com/ReekoMoosa/status/1416728861077770240?s=20

ރީކޯ މޫސަ އިތުރަށް ވިދާޅުވީ، މިކަމާ އެމްޑީޕީގެ ޤައުމީ މަޖިލީހުން އަވަހަށް ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް