ޚަބަރު

މި އަހަރު ވެސް ޙައްޖު ކުުރުމުގެ ނަސީބު ދިވެއްސަކަަށް، މަބްރޫރް ހައްޖަކަށް އެދެން!

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދިވެއްސަކަށް ލިބިއްޖެއެވެ.

Ads by Sosun Fihaara

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އޭޝިއާ ޑިރެކްޓަރގެ ގޮތުގައި ރާއްޖޭގެ ފަރާތުން ހުންނެވި އަޙްމަދު ސަރީރުއަށް މި ފުރުސަތު ލިބިވަޑައިގެންނެވީ ހައްޖުވުމުގެ ފުރުސަތު ދެވުނު 60،000 މީހުންގެ ތެރޭގައި ހިމެނި ވަޑައިގަތުމުންނެވެ. ހައްޖުވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ސަރީރު ވަނީ އެކަމުގެ އުފާވެރިކަން ހިއްސާ ކުރައްވައިފައެވެ.

ސަރީރުއަކީ ރާއްޖޭގެ ހާރިޖިއްޔާ ހިދުމަތްކުރައްވާތާ 32 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބޭފުޅެކެވެ. އަދި 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަޤާމުތައް ވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ.

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ސައުދީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ، ހައްޖާއި އުމްރާގެ އަޅުކަމަށް ވެސް ޚާއްޞަ އުޞޫލެއް ކަނޑައަޅައިފައެވެ. މި އުޞޫލުގެ ދަށުން މިދިޔަ އަހަރާއި މިއަހަރު ވެސް ހައްޖުވުމުގެ ފުރުސަތު ދިނީ ސައުދީގައި ދިރިއުޅުއްވާ ވަކި އަދަދެއްގެ ބަޔަކަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަައުދީގައި އަޅައިފައިވާ ޚާއްސަ ފިޔަވަޅުތަކާ އެކު ހައްޖުވުމުގެ ފުރުސަތު ދޭނީ 60،000 މީހުންނަށް ކަމަަށާއި، މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ކޮވިޑް-19އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަމަށް ސައުދިއަރަބިއްޔާގެ ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންނަށެވެ. އަދި ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ އެއްވެސް ބައްޔަކަށް ބޭސްނުކުރާ އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ. މީގެ އިތުރުން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަކުރި މީހުން ވެސް ޙައްޖުގެ އަޅުކަމުގައި ބައިވެރިކުރެއެވެ.

ޙައްޖަކީ އެންމެ މާތް އަޅުކަމުގެ ތެރެއިން ހިމެނޭ، އަދި اللهއަށް ކުއްތަންވުމުގެ ގޮތުން އަދާ ކުރެވޭ މަތިވެރި އަޅުކަމެކެވެ. އެއީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. މިދިޔަ އަހަރު ޙައްޖުވުމުގެ ފުރުޞަތު ދީފައި ވަނީ ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ 60،000 މީހުންނަށެވެ. އިތުރު ޤައުމުތަކުން ޙައްޖުވުމަށް މީހުން އެތެރެވުމުގެ ހުއްދަ ނުދޭތާ މިއީ ދެވަނަ އަހަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!