Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހައްޖު ދުވަހާއި އީދު ދުވަހު ސުންކު ނަގާ މަރުކަޒުތައް ބަންދު

ހައްޖު ދުވަހާއި އީދު ދުވަހު ސުންކު ނަގާ މަރުކަޒުތައް ބަންދު

މިއަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދުގެ ފުރަތަމަ ދުވަހު (މިއަދާއި މާދަމާ) މާލޭ ސަރަހައްދުގައި ހުންނަ ކޮވިޑް19އަށް ސުންކު ނަގާ މަރުކަޒުތައް ބަންދުވާނެކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން ބުނީ މިއަދާއި މާދަމާ ސުންކު ނަގާ މަރުކަޒުތައް ބަންދު ނަމަވެސް ގާތުން އެއްތާވި މީހުންނާއި ކަރަންޓީނުގައި ތިިބި މީހުންގެ ސުންކުތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ.

https://twitter.com/HPA_MV/status/1416800101402505219

Advertisement
Ooredoo — Square (box)

ރާއްޖޭގައި ކޮވިޑް19 ފެތުރެން ފެށުނު ފަހުން ކަރަންޓީނާ ނުލައި މިހާ ލުއި ގޮތަކަށް ދަތުރު ކުރުމުގެ ހުއްދަ ދީފައިވާ މިދަނޑިވަޅުގައި ގިނަ ބަޔަކު ދަނީ ރަށަށް ދިޔުމަށް ޓަކައި ޕީސީއާރ ޓެސްޓް ހަދަމުންނެވެ. މިއާ އެކު ކޮވިޑް ސުންކުތައް ގިނަވެ ނަތީޖާ ލިބުމުގައި ލަސްތަކެއް ވެދާނެކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.

ބޮޑު ބަންދާއި އީދު ޗުއްޓީ ދިމާވުމާ އެކު ކަރަންޓީނު ވާން ޖެހުމުގެ ސަބަބުން ރަށްރަށަށް ނުދެވި ތިބި އެތައް ބަޔަކު ވަނީ ރަށަށް ގޮސްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް