އޭޝިއާ ދުނިޔެ

ރަނާއި ރިހީގެ ބަރަނިން ހަދައިފައިވާ ކަޢުބާގެ އުރަކޮޅު ބަދަލުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

1442 ވަނަ އަހަރުގެ މާތްވެގެންވާ ޙައްޖު ދުވަހާ ދިމާކޮށް ކަޢުބަތުﷲ ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފިއެވެ.

Ads by WAMCO

ކޮންމެ އަހަރެއްގެ ވެސް ޙައްޖު ދުވަހާ ދިމާކޮށް ގެފުޅުގެ އުރަކޮޅު ބަދަލު ކުރެއެވެ. މިގޮތުން މިއަހަރު ވެސް ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަށް ޓަކައި މީގެ ދެ ހަފްތާ ކުރިން އެކަމަށް ހާއްސަ ކޮށްފައިވާ ޓީމުން ވަނީ މަސައްކަތް ފަށައިފައެވެ.

ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރުމަށް 670 ކިލޯގެ މޮޅު ފަށުވިއާއި 120 ކިލޯގެ ރަން ބަރަންޏާއި، 100 ކިލޯގެ ރިހި ބަރަނި ބޭނުން ކުރެއެވެ.

ދުނިޔޭގެ ހަތަރު ބިތަށް ފެތުރިފައިވާ ކޮވިޑް19ގެ ބަލާއާފާތުގެ ސަބަބުން  މިއަހަރުގެ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަމަށް ފުރުސަތު ދޭނީ 60،000 މީހުންނަަށް ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެއީ ހަމައެކަނި އެގައުމުގައި ދިރިއުޅޭ މީހުންނަށް މިއަހަރު ލިބޭނެ ފުރުސަތެއްކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަހަރު ހައްޖުވުމަށް ހައްޖާޖީން ރަޖިސްޓްރީވާން ޖެހުނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ.

ޙައްޖަށް ރަޖިސްޓްރީވުމަށް ހުޅުވައިލުމުން ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ހަތަރު ލައްކަ ފަންސާސް ހާހަށް ވުރެ ގިނަ މީހުންވަ ނީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ ހައްޖު ޕޯޓަލްގައި ރަޖިސްޓްރީ ވެފައިކަމަށް ވެސް ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!