Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މިއަދު ހަވީރު 4 އިން 8 އަށް މާލޭގެ މަގުތަކުގައި އުޅެވޭނީ ފައިމަގުގައި

މިއަދު ހަވީރު 4 އިން 8 އަށް މާލޭގެ މަގުތަކުގައި އުޅެވޭނީ ފައިމަގުގައި

މިއަދު މާލޭގައި ހަވީރު ހަތަރަކުން ފެށިގެން ރޭގަނޑު އަށަކަށް އެއްގަމު އުޅަނދުފަހަރު ނުދުއްވޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސަވައިފިއެވެ.

ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފައި ވަނީ އަޟްޙާ ޢީދާ ގުޅިގެންނެވެ. ކައުންސިލުން ވިދާޅުވީ، މިގޮތަށް ނިންމަވައިފައި ވަނީ ކޮވިޑްގެ ޙާލަތުގައި ގިނަ ދުވަސްތަކެއް ވަންދެން ގޭގައި ބަންދުވެގެން ގިނަ ބަޔަކު ތިބުމަށް ފަހު މިފަދަ ދުވަހެއްގައި ބޭރުގައި އުޅެވޭނެ ފަސޭހަ ގޮތެއް ހައްދަވައިދެއްވުމަށް ރައްޔިތުން އެދުމުން ކަމަށެވެ. އަދި މި ނިންމުން ނިންމަވައިފައި ވަނީ ފުލުހުންނާއި ރައްޔިތުންނާ މަޝްވަރާކުރުމަށް ފަހު ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މިވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވީ ނަމަވެސް ސަލާމަތީ ޚިދުމަތްތަކުގެ އުޅަނދުފަހަރާއި އިމަރޖެންސީ ޙާލަތްތަކުގައި ކޮންމެހެން ދުއްވަން ޖެހޭ އުޅަނދުތައް ދުއްވުމުގެ ހުއްދަ އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

Advertisement
Allied Insurance — Square (box)

ފައިމަގުގައި އުޅޭއިރުގައި ވެސް ގައިދުރުކަން ބެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސިޓީ ކައުންސިލުން އިރުޝާދުދެއްވައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް