ދުނިޔެ

މަހްރަމަކާ ނުލައި އަންހެނުން ފުރަތަމަ ފަހަރަށް ހައްޖުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ފުރަތަމަ ފަހަރަށް މަހްރަމަކާ ނުލައި އަންހެނުން ހައްޖުގެ އަޅުކަން އަދާކޮށްފިއެވެ.

Ads by Sosun Fihaara

ސައުދީ ސަރުކާރުން ވަނީ ކޮންމެ އުމުރެއްގެ އަންހެނަކަށް ވެސް މަހްރަމަކާ ނުލައި ހައްޖަށް ދެވޭ ގޮތަށް ބަދަލުގެނެސްފައެވެ. ކުރިން އޮންނަނީ 45 އަހަރުން ދަށުގެ އަންހެނުނަށް މަހްރަމަކާ ނުލައި ދަތުރުނުކުރެވޭ ގޮތަށެވެ. މިކަމާ ގުޅިގެން އަންހެނުން އެކަނި ދަތުރުކުރުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަައުދީގައި އަޅައިފައިވާ ޚާއްސަ ފިޔަވަޅުތަކާ އެކު ހައްޖުވުމުގެ ފުރުސަތު ދިނީ 60،000 މީހުންނަށެވެ. މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިކުރީ ކޮވިޑް-19އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ޖަހައި އެއްވެސް ބައްޔަކަށް ބޭސް ކުރަމުން ނުދާ މީހުންނެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިކުރީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށެވެ.

ކޮންމެ އުމުރެއްގެ އަންހެނަކަށް ވެސް މަހްރަމަކާ ނުލައި ހައްޖަށް ދެވޭ ގޮތަށް ސައުދީގެ ހައްޖު މިނިސްޓްރީން ހުއްދަ ދީފައި ވަނީ އިޖުތިމާއީ ކަންކަން ރަނގަޅުކުރުމަށް އެ ގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިންނެވެ.

Ads by Allied Insurance
  1. ނަހީކުރެކަމެ ގެމަތީހުރެ ތިކުރީ ބޭކާރު ކަމެއް