ކޮވިޑް-19: މިއަދު ރާއްޖެއިން ފައްސިވީ 169 މީހުން

ރާއްޖެއިން މިއަދު އިތުރު 169 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 24 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 127 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 15 މީހުން ފައްސި ވެފައިވެއެވެ. އަދި ކަނޑުއުޅަނދުފަހަރުން 3 މީހަކު ވެސް މިއަދު މި ބައްޔަށް ވަނީ ފައްސި ވެފައެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައިވަނީ 76،188 މީހުންނެވެ.
ބަލިން ފަސޭހަވެފައިވަނީ 73،340 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 8 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 217 މީހުން ނިޔާވެފައި ވެއެވެ.