Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަސައްކަތު ހުއްދަ އޮންނަ މީހުން ރާއްޖެއަށް އަންނަ އިރު އަމަލު ކުރަންވީ އުސޫލު އާންމުކޮށްފި

މަސައްކަތު ހުއްދަ އޮންނަ މީހުން ރާއްޖެއަށް އަންނަ އިރު އަމަލު ކުރަންވީ އުސޫލު އާންމުކޮށްފި
މަސައްކަތު ހުއްދަ އޮންނަ މީހުން ރާއްޖެއަށް އަންނަ އިރު އަމަލު ކުރަންވީ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފިއެވެ. މާދަމާއިން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި މަސައްކަތު ހުއްދަ އޮންނަ މީހުންނަށް އަމަލު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެޗްޕީއޭއިން ވަނީ އާންމު ކުރައްވައިފައެވެ. އެކަންކަމަކީ؛
  1. ރާއްޖެއަށް އެތެރެވާއިރު 72 (ހަތްދިހަ ދޭއް) ގަޑިއިރު ނުވާ ނައްސި ޕީސީއާރު ނަތީޖާއެއް އޮތުން
  2. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން އިމަރޖެންސީ ބޭނުމަށް ލިސްޓްކޮށްފައިވާ ކޮވިޑް-19ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، 14 ދުވަސް (ރާއްޖެ އަންނަ ދުވަހާ ހަމައަށް) ވެފައިވާ ފަރާތްތައް ކަރަންޓީނު ވާން ނުޖެހުން. (މި ފަރާތްތަކާއެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީނުވާކަށް ނުޖެހޭނެއެވެ.) އަދި މިފަދަ ފަރާތްތައް (އެކުގައި ދަތުރުކުރާ ކުޑަކުދިން ހިމެނޭގޮތަށް) ރާއްޖެ އެތެރެވާތާ 5-7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުން.
  3. ރާއްޖޭގައި ކޮވިޑް-19އަށް ފައްސިވެ ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ތެރެއިން ފައްސިވި ސުންކު ނެގި ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް (ރާއްޖެ އަންނަ ދުވަހާ ހަމައަށް) ނުވާ ފަރާތްތައް ކަރަންޓީނު ވާން ނުޖެހުން. (މި ފަރާތްތަކާއެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީނުވާކަށް ނުޖެހޭނެއެވެ.) އަދި މިފަދަ ފަރާތްތަކާއެކުގައި ދަތުރުކުރާ ކުޑަކުދިން ރާއްޖެ އެތެރެވާތާ 5-7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުން.
  4. 2 (ދޭއް) ވަނަ ނަންބަރާ އި 3 (ތިނެއް) ވަނަ ނަންބަރު ގައި ބަޔާންކޮށްފައިވާ ހާލަތްތަކަށް ނުފެތޭ ފަރާތްތައް ރާއްޖެ އެތެރެވުމަށް ފަހު 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނުވުން. އަދި މިފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނައްސި ވުމުންނެވެ.
މި އިޢުލާނުގެ ދަށުން ދަތުރުކުރާ ފަރާތްތައް ދަތުރުކުރަން ވާނީ ހާލު ބެލުމުގެ ޕޯޓަލްއިން ދަތުރުކުރުމުގެ ހުއްދަ ދުރާލައި ހޯދައިގެންނެވެ. ރާއްޖޭން ބޭރުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް މަތީގައި ބަޔާންކޮންފައިވާ ލުއި، އެޤައުމެއްގައި ބަލީގެ ޙާލަތު އޮތްގޮތަށް ބަލައި ބަދަލު ކުރެވޭނެކަމުގައި ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް