Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރޮޒައިނާގެ ސުވާލެއް އިންތިއަށް: އެމްޑީޕީގައި ތިބީ ކަސްތޮޅު އެޅުވިފައި ތިބި ބައެއްތަ؟

ރޮޒައިނާގެ ސުވާލެއް އިންތިއަށް: އެމްޑީޕީގައި ތިބީ ކަސްތޮޅު އެޅުވިފައި ތިބި ބައެއްތަ؟

ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދު ކަމަށާއި ބޮން ގޮއްވައި އެމަނިކުފާނު ޒަހަމް ކޮށްލެއްވުމުން އެ ހާލުކޮޅުގައި އޮންނަވައިގެން ވެސް އެ ހާލަތަށް ގައުމު ދިޔަ ސަބަބާއި ހައްލު ކުރަން ފަސްޖެހެމުންދާ ގޮތުގެ ވާހަކަ ދެއްކެވުމުން ދެން އެކަމުގައި އެމްޑީޕީގެ ވަކި އެހެން މީހަކަށް ދެއްކެން އޮންނާނެ ވާހަކައެއް ނޯންނާނެކަމަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވުމުން، އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާ ދެކޮޅަށް އެމްޑީޕީގެ ތެރެއިން ނުކުމެ އިދިކޮޅު ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ޚިޔާލު ފާޅުކޮށް، ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަަދު އަސްލަމް މިއަދު ވިދާޅުވުމާ ގުޅިގެން އިންތި ވިދާޅުވީ ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދު ކަމަށާއި ބޮން ގޮއްވައި އެމަނިކުފާނު ޒަހަމް ކޮށްލެއްވުމުން އެ ހާލުކޮޅުގައި އޮންނަވައިގެން ވެސް އެ ހާލަތަށް ގައުމު ދިޔަ ސަބަބާއި ހައްލު ކުރަން ފަސްޖެހެމުންދާ ގޮތުގެ ވާހަކަ ދެއްކެވުމުން ދެން އެކަމުގައި އެމްޑީޕީގެ ވަކި އެހެން މީހަކަށް ދެއްކެން އޮންނާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

އިންތިގެ އެ ވާހަކަތަކާ ގުޅިގެން ރޮޒައިނާ ރައްދު ދެއްވީ ސުވާލަކުންނެވެ. އެގޮތުން ރޮޒައިނާ އެއްސެވީ، އެމްޑީޕީގައި ތިބީ ކަސްތޮޅު އަޅުވާފައި ތިބި ބައެއްތޯއެވެ.

Advertisement
Allied Insurance — Square (box)

ވެރިކަން ކުރާ އެމްޑީޕީގެ މެދުގައި ހިޔާލު ތަފާތުވުން ގިނަވެ، ބައިބައިވުން ވެސް އިތުރުވެ، ދެ ފެކްޝަނެއްގެ ގޮތުގައި ނުރަސްމީކޮށް މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް