Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މޫދަށް ފުންމާލައިގެން އަމިއްލައަށް މަރުވާން އުޅުނު ޒުވާން އަންހެނަކު އޭނާގެ އާއިލާއިން ސަލާމަތް ކޮށްފި

މޫދަށް ފުންމާލައިގެން އަމިއްލައަށް މަރުވާން އުޅުނު ޒުވާން އަންހެނަކު އޭނާގެ އާއިލާއިން ސަލާމަތް ކޮށްފި
ރަސްފަންނު ސަރަހައްދުގައި މޫދަށް ފުންމާލައިގެން އަމިއްލައަށް މަރުވާން އުޅުނު ކުއްޖަކު ސަލާމަތްކޮށްފިއެވެ. އޮންލައިން ނޫހެއް ކަމަށްވާ "އަވަސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މޫދަށް ފުންމާލަން އުޅެފައި ވަނީ އުމުރުން 19 އަހަރުގެ އަންހެނެކެވެ. އޭނާ ހުއްޓުވައި ސަލާމަތްކޮށްފައި ވަނީ އާއިލާގެ މީހުންނާއި ބައެއް އެކުވެރިން ކަމަށާއި ދެ ފަހަރެއްގެ މަތިން މޫދަށް ފުންމާލަން މަސައްކަތް ކުރި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. މިކަމާ ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން ވިދާޅުވީ، މިފަދަ ވޭދަނަތަކުގެ މައުލޫމާތު ފުލުހުން އާއްމު ނުކުރާ ކަމަށެވެ. މިވަގުތު ފުލުހުންދަނީ ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

*****

މާތްﷲ ވަހީ ކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا

Advertisement
Allied Insurance — Square (box)

މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް