ޚަބަރު

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ 60 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިސްވެ ކަށުނަމާދު ކުރަނީ ވެސް މުނައްވަރު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރާއްޖޭގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

Ads by MWSC

"ދެން"އަށް އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް)ގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. އޭނާ ނިޔާވީ ރޭ 11:43 ގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 219 ވަނަ މީހާއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!