Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 260،774 އަށް

ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 260،774 އަށް

ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން އިތުރު 155 މީހުން ފުރިހަމަ ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 260،774އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 321،255އަށް އަރައިފައެވެ.

އެންމެ ފަހުން ވެކްސިން ދިން އަދަދުތަކަށް ބަލާއިރު ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތަކުން 148 މީހުން ޖަހައިފައި ވެއެވެ. ދެވަނަ ޑޯޒް އަތޮޅުތަކުން 155 މީހުން ފުރިހަމަކޮށްފައިވެއެވެ.

Advertisement
Allied Insurance — Square (box)

ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް ހުސްވުމާއެކު، އެ ވެކްސިން އާންމުކޮށް ޖެހުން ގިނަދުވަސްތަކަކަށް ވަނީ މެދުކަނޑައިލައިފައެވެ. ނަމަވެސް މިހާރު ކޮވިޝީލްޑް ވެކްސިން ވެސް ވަނީ އަލުން ޖަހަން ފަށައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް