Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނަޝީދަށްވުރެ ހަރުދަނާ ވާހަކަ ރައީސް ޞާލިޙް ދައްކަވާ: ރޮޒައިނާ

ނަޝީދަށްވުރެ ހަރުދަނާ ވާހަކަ ރައީސް ޞާލިޙް ދައްކަވާ: ރޮޒައިނާ

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ވުރެ ހަރުދަނާ ވާހަކަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދައްކަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ހިޔާލު ތަފާތުވުމާއި ބައިބައިވުންތަކުގައި މިހާރު ތިބީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނާއި ރައީސް ޞާލިޙަށް ތާއީދު ކުރައްވާ މެންބަރުންނެވެ. އެގޮތުން ފާޅުކަން ބޮޑުކޮށް ރައީސް ޞާލިޙަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ އެއް މެންބަރަކީ ރޮޒައިނާއެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް މެންބަރުންގެ ފަރާތްޕުޅުން ރޮޒައިނާއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް ވެސް އަމާޒުވެއެވެ.

އެފަދައިން އެމްޑީޕީގެ އާންމު މެންބަރަކު ރޮޒައިނާއަށް އަމާޒުކޮށް ދެއްކި ވާހަކަތަކަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ ސިޔާސީ ދާއިރާގައި އޭނާއަށް ވުރެ އަދި ރައީސް ނަޝީދަށްވުރެ ވެސް ތަޖުރިބާ ހުންނެވި ބޭފުޅަކީ ރައީސް ޞާލިޙް ކަމަށެވެ. އަދި ރައީސް ޞާލިޙް ދައްކަވާ ވާހަކަތައް އޭނާ ވިސްނޭވަރުން ނަމަ މާ ހަރުދަނާ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުމަށް ސަމާލުކަން ދެއްވާކަން ވެސް ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން ރޮޒައިނާއަކީ ކުރިން ޑީއާރްޕީގެ މެންބަރަކަށް ވާތީ އެކަމާ ގުޅޭ ގޮތުން ވެސް އެމްޑީޕީގެ ބައެއް މެންބަރުން ފާޑުވިދާޅުވެއެވެ.

"ރައީސް ނަޝީދު ވިދާޅުވާހާ އެއްޗަކަށް އާނއެކޭ ބުނަންޏާ އެ އޮތީ އަސްލު އެމްޑީޕީ ވެފައި. ކިރިޔާ ވެސް ކަމުނުގޮއްސިއްޔާ އެ އޮތީ ޑީއާރުޕީވެފައި. މިއީ ބޮޑު ޖޯކެއް. އަޅުގަނޑަށް މިހާރު ވަރަށް ސާފު ތި އަސްލު އެމްޑީޕީ ވާ ގޮތް. ހެޔޮ ތީގެ އަސްލަކަށް ނުވިޔަސް" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އެމްޑީޕީއަކީ ވަކި މީހެއްގެ "ކްލަބެއް" ނަމަ މިވަގު ތުވެސް ދުރަށްދާނެ ކަމަށާއި ނަމަވެސް އެމްޑީޕީއަކީ ސިޔާސީ ޕާޓީއެއް ކަމަށާ އެއީ މީހެއްގެ ނުވަތަ އާއިލާއެއްގެ ހަރު މުދަލެއް ނޫން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް