Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލެއިން ފައްސިވީ 29 މީހުންނާ އެކު މިއަދު ފައްސިވީ 123 މީހުން

މާލެއިން ފައްސިވީ 29 މީހުންނާ އެކު މިއަދު ފައްސިވީ 123 މީހުން

ރާއްޖެއިން މިއަދު އިތުރު 123 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 29 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 45 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 16 މީހުން ފައްސި ވެފައިވެއެވެ.

Advertisement
Ooredoo — Square (box)

މީގެއިތުރުން ކަނޑުއުޅަނދުފަހަރުން 4 މީހަކާއި ތަރައްޤީ ކުރަމުން އަންނަ ރަށްތަކުން ދެ މީހަކާއި އިންޑަސްޓްރިއަލް އައިލެންޑުން 27 މީހަކު ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 76،750 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 73،873 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 13 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 219 މީހުން ނިޔާވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް