Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެމްޑީޕީގައި ޑީއާރުޕީގެ ކަތުރުފަނިތައް އަޅައިފި: މަލީޙް

އެމްޑީޕީގައި ޑީއާރުޕީގެ ކަތުރުފަނިތައް އަޅައިފި: މަލީޙް

އެމްޑީޕީގައި ޑީއާރުޕީގެ ކަތުރުފަނިތައް އަޅައިފި ކަމަށް މި ސަރުކާރުގެ ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީޙް ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވައިލައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ،ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ރޭ ޤަރާރެއް ހުށަހަޅުއްވައިފައި ވަނިކޮށެވެ.

އެމްޑީޕީގެ ތެރޭގައި ކޯޅުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ރައީސް ޞާލިޙަށް ތާއީދު ކުރައްވައި އަދި ރައީސް ނަޝީދަށް ފާޑު ވިދާޅުވެ އެންމެ ގިނައިން ބަސް ވިދާޅުވާ އެއް ބޭފުޅަކީ ރޮޒައިނާ އާދަމެވެ. އޭނާއަކީ ޑީއާރުޕީގައި ހުންނަވައިފައި އެމްޑީޕީއަށް ބަދަލުވި ބޭފުޅެކެވެ.

Advertisement
Ooredoo — Truecaller (box)

މަލީޙު ވިދާޅުވީ ޑީއާރުޕީގެ ކަތުރުފަނި މާބޮޑަށް ވެސް އެމްޑީޕީގައި އަޅައިފިކަން ރައީސް ނަޝީދު މިއަދު ޤަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގައި މިހާރު ގިނައީ އެހެންފިކުރުގެ މީހުން ކަމަށާއި ދައްކަވަން ހުރިތަނެއް ދައްކަވާނެ ކަމަށް ވެސް މަލީޙް ވިދާޅުވިއެވެ.

https://twitter.com/maleehjamal/status/1419403058727952384?s=21

ނަޝީދު އަވަހާރަކޮށްލަން މިދިޔޭ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން އެ މަނިކުފާނު ވަނީ ޓެރަރިޒަމާ ދެކޮޅަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައީސަށް ގޮވާލަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފައެވެ. ގަރާރާ މެދު ގޮތެއް ނިންމަން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ގަރާރު ފާސްކުރީ 39 ބޭފުޅެއްގެ ވޯޓުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް