Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެމްއެންޕީ އުފެއްދީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން، ޕްރައިމަރީގައި ވާދަ ކުރާނަން: ނާޒިމް

އެމްއެންޕީ އުފެއްދީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން، ޕްރައިމަރީގައި ވާދަ ކުރާނަން: ނާޒިމް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯދުމަށް ކަމަށް އެ ޕާޓީގެ އެއް ފައުންޑާ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީއިން މިއަދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެންބަރު ނާޒިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުން ކަމަށާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ވާދަކުރައްވައި، އެ އިންތިހާބު ކާމިޔާބު ވެސް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަކަށް 2023 ވަނަ އަހަރާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް. އަޅުގަނޑަށް އެބަފެނޭ ﷲއިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އަޅުގަނޑުމެން ޕާޓީގެ ކެންޑިޑޭޓުން ހުވާކުރައްވާނެ މަންޒަރު" ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި، އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެ ޕާޓީން އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކާ މެދު ނާޒިމް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ ރިޔާސީ ޓިކެޓް ދޭނީ ޕާޓީން ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް ކަމަށާއި ޕްރައިމަރީގައި ނާޒިމް ވެސް ވާދަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް