Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސުކޫލު މުވައްޒަފުން ވެކްސިން ފުރިހަމަ ކުރަން އަންގައިފި

ސުކޫލު މުވައްޒަފުން ވެކްސިން ފުރިހަމަ ކުރަން އަންގައިފި

މި އަހަރުގެ ދިރާސީ އަހަރު ފެށުމުގެ ކުރިން ސުކޫލު މުވައްޒަފުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަަހަން ޖެހޭ ވެކްސިން ފުރިހަމަ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުރިހާ ސުކޫލުތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކަށް ފޮނުވައިފައިވާ އެންގުމުގައި ބުނެފައި ވަނީ އޮގަސްޓް މަހު 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ހުރިހާ މުވައްޒިފުން ވެސް ވެކްސިން ފުރިހަަމަ ކޮށްގެން ތިބުމަށެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މީހުންނާއި ދެވަނަ ޑޯޒް ނުޖަހާ ތިބި މުވައްޒިފުންނަށް ފަސޭހަ އިންތިޒާމެއްގެ ތެރެއިން ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން ވެކްސިން ނުޖެހޭ މުވައްޒިފުން އެކަން ސަބަބާ އެކު ބަޔާންކޮށް އެޑިއުކޭޝަނަށް ހުށައެޅުމަށް ވަނީ އަންގައިފައެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖޭގައި ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 260،991އަށް އަރައިފައެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް 321،350 މީހުން ވަނީ ފުރިހަމަކޮށްފައެވެ. ކޯވިޑުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކޯވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އަންނަ ހަފްތާގައި ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް