Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އާންމު ހާލަތަށް ގެނައިތާ ހަފްތާއެއް ނުވެ ދިއްދޫ އަނެއްކާވެސް މޮނީޓަރިންއަށް

އާންމު ހާލަތަށް ގެނައިތާ ހަފްތާއެއް ނުވެ ދިއްދޫ އަނެއްކާވެސް މޮނީޓަރިންއަށް

މޮނީޓަރިން އުވައިލައި އާންމު ހާލަތަށް ގެނައިތާ ހަފްތާއެއް ނުވަނީސް ހއ. ދިއްދޫ އަނެއްކާ ވެސް މޮނީޓަރިންއަށް ލައިފިއެވެ.

ދިއްދޫ މޮނީޓަރިންއަށް އެންމެ ފަހުން ލައިފައި ވަނީ މިދިޔަ ޖޫން މަހުގެ ކުރީކޮޅެވެ. އަދި މޮނިޓަރިންއިން ވީއްލީ މި މަހުގެ 21 ވަނަ ދުވަހުގައެވެ.

އެނގިފައިވާ ގޮތުގައި ދިއްދޫ މިއަދު މޮނީޓަރިންއަށް ލައިފައި ވަނީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ބިދޭސީ ނަރުހެއް ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެންނެވެ. އެއީ ބިދޭސީ ނަރުހެއް ކަމަށްވުމުން މާ ގިނަ ބަޔަކާ ބައްދަލުވެފައިވާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ކޮވިޑް-19އާ ގުޅިގެން ދިއްދޫގައި އީދު ދުވަހުގެ ހަރަކާތްތައް ބާއްވައިފައެއް ނުވެއެވެ. ނަމަވެސް މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު އެ ރަށުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް