ޚަބަރު

ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތް ނަމަވެސް އެމްޑީޕީން ކުރަމުން ގެންދަނީ ބަރުލަމާނީ ވެރިކަމެއް: މަލީޙް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަދު ރާއްޖޭގައި ރިޔާސީ ނިޒާމެއްގެ ވެރިކަން އޮތް ނަމަވެސް އެމްޑީޕީން ކުރަމުން ގެންދަނީ ބަރުލަމާނީ ވެރިކަމެއްކަމަށް ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީގެ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަންގު ޓީވީގެ "ޚަބަރަށް ފަހު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަލީޙް ވިދާޅުވީ ރާއްޖޭގައި މިހާރު ވެރިކަން ކުރަމުން މިގެންދަނީ ބަރުލަމާނީ އަސާސްތަކުގެ މައްޗަށް ކަމަށާއި ސަރުކާރު ފެއިލްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެއީ ކަމަށެވެ.

"ޙަޤީގަތުގައި ސަރުކާރު ފެއިލްވެގެން މިއުޅޭ އެންމެ ބޮޑު އެއް ސަބަބަކީ ރިޔާސީ ނިޒާމަކަށްވީ ނަމަވެސް އިބްރާހިމް މުހައްމަދު ޞާލިޙަށް ވެރިކަން އެ ކުރައްވަނީ ބަރުލަމާނީ ސިފައަށް ބަރުލަމާނީ އަސާސްތަކުގެ މައްޗަށް ވެރިކަން ކުރަމުން މިދަނީ މަޖިލިސް މެންބަރުން ބޭނުންވާ ހުރިހާ ގޮތެއް އެބަ ހަދާ. ހުރިހާ ޕްރޮޖެކްޓެއް މަޖިލިސް މެމްބަރުންނަށް. މަޖިލިސް މެމްބަރުން ހިތާ ނުވާ މިނިސްޓަރަކަށް ނުހުރެވޭ އެއީ އަދި ރައީސްގެ އިތުބާރު އޮތްކަމުގައިވީ ނަމަވެސް" މަލީހް ވިދާޅުވިއެވެ.

މަލީޙް ވިދާޅުވީ ސަރުކާރު ފެއިލްވުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ޞާލިޙް ކަމަށާއި ކެބިނެޓުގައި ތިއްބެވި އެމަނިކުފާނުގެ އިތުބާރު އޮތް މެމްބަރުންނަށް ބޭނުން ގޮތެއް ހަދާއިރު އެމަނިކުފާނު ހަނު ހުންނަވަނީ ވެރިކަން ކުރުމުގެ ގާބިލްކަން ނެތުމުން ކަމަށެވެ.

"އެމަނިކުފާނުގެ ކެބިނެޓުގައި އެމަނިކުފާނަށް އިތުބާރު ކުރެވޭ ބޭފުޅުން ނަންގަވައި އެބޭފުޅުން ގަން ހިންގަވާ. ދަން ޖައްސަވަމުން ދާއިރު އެމަނިކުފާނު އެހުންނެވީ ހަމަ ހަނު. ހަމަ ކަހާތަން ހިރުވާލާތަން ވެސް އަޅުގަނޑުމެންނަކަށް ހަމަ ނުފެނޭ. އެހެން އެވާ ސަބަބަކީ ވެރިކަން ހިނގުމުގެ ގާބިލްކަން ނެތުން" މަލީހް ވިދާޅުވިއެވެ.

ކޮމިއުނިކޭޝަން މިނިސްޓަރުކަމުން މަލީޙް ވަކިކުރައްވައިފައި ވަނީ މަޖިލީހުން ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. މަޖިލީހަށް ހާޒިރުވެ، މަލީޙް ވަނީ އޭނާގެ ދިފާޢުގައި އޭރު ވާހަކަފުޅު ދައްކަވައިފައެވެ. މިނިސްޓަރުކަމުން ވަކި ކުރެއްވި ފަހުން މަލީހް ދަނީ އެކި ފޯރަމްތަކުގައި ސަރުކާރަށާއި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

މި ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން މަލީޙް ވިދާޅުވީ ވަޒީރުންނަށް ނަތީޖާ ނުނެރެވޭ ވާހަކަ މަޖިލިސް މެމްބަރުން ވިދާޅުވާކަމަށެވެ. އަދި ނަތީޖާ ނުނެރެވޭ ސަބަބަކީ ތައުލީމާއި ތަޖުރިބ ނެތުމާއި ގައުމު ހިނގުމުގެ ތަޖުރިބާ ނެތުމުގެ އިތުރުން ރަނގަޅު އެޑްވައިޒް ދޭނެ ބޭފުޅުން ނެތުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން އެމްޑީޕީގެ އެތެރޭގެ ކޯޅުމަކީވެސް ސަރުކާރު ފެއިލްވުމުގެ ސަބަބުތައް ކަމަށް މަލީހް ސިފަ ކުރެއްވިއެވެ.

Ads by Ooredoo
  1. ކެރަފަ ގަންޖާ

    ނޫނޭބަލާވެރިކަންކުރަނީ