Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހަރުކަށި ފިކުރު ނައްތައިލެވޭނީ އެ ފިކުރަކީ ކޮބައިކަން ބުނެދީގެން: ޝަހީމް

ހަރުކަށި ފިކުރު ނައްތައިލެވޭނީ އެ ފިކުރަކީ ކޮބައިކަން ބުނެދީގެން: ޝަހީމް

ހަރުކަށި ފިކުރު ނައްތައިލެވޭނީ ހަރުކަށި ފިކުރަކީ ކޮބައިކަން ބުނެދީ އެ ފިކުރުގެ ނުބައި މަފްހޫމްތަކުގެ ޙަޤީޤަތް ރަނގަޅަށް ކިޔައިދީގެންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައި ހަރުކަށި ފިކުރުގެ މީހުންނާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވާހަކަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.

ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަރުކަށި ފިކުރުން ޤައުމު ސަލާމަތްކުރުމަށް ޓަކައި އިސްލާމީ ފަލްސަފާގެ އަލީގައި އިސްތިރާތީޖީ ޕްލޭނެއް އެކުލަވައިލައި މަސައްކަތްކުރުން މުހިންމު ކަމަށެވެ. އަދި ހަރުކަށި ފިކުރަކީ ޤާނޫނީ ޢުޤޫބާތުން ނުވަތަ ވަޢުޡު އިރުޝާދުން އެކަނި ރަނގަޅު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ދިގުދެމިގެންވާ ޙައްލެއް ބޭނުން ނަމަ އެކަމަށް ސީދާ އަމާޒުކޮށްގެން ޢިލްމީ ގޮތުންނާއި ފިކުރީ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން ޝަހީމް ވަނީ މިކަމުގައި ޤައުމުގެ އެއްވެސް މުއައްސަސާއަކުން އެހީތެރިކަމެއް ބޭނުންވާ ނަމަ އެހީވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

Advertisement
HDC — Sidebar (box)

https://twitter.com/mohamedshaheem1/status/1419877888048865281?s=21

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ އިސްލާމް ދީނުގެ ނަމުގައި، މި މުޖްތަމަޢު ތެރޭގައި ފަތުރަމުން އަންނަ ހަރުކަށި ފިކުރުތަކާއި ހައްދު ފަހަނައެޅުމުގެ ޢަމަލުތަކަކީ، އެއްވެސް ގޮތަކުން އިސްލާމް ދީނާ ގުޅުމެއް ނެތް ބާޠިލު ކަންތައްތަކެއް ކަމަށާއި އެއީ އެއްވެސް ހަމައަކުން ބަލާއިރު، އިސްލާމް ދީނުގެ އަޚްލާޤީ ހަމަތަކާއި، ދީނީ އުޞޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން ކަމަށެވެ. އަދި އިންސާނީ ހަމަބުއްދިން ވިސްނާއިރު ވެސް، އިންސާނީ މުޖްތަމައެއްގައި ފަތުރަން ހެޔޮވާ ވަރުގެ ފިކުރުތަކެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް