ޖޫރިމަނާގެ ގޮތުގައި 106 މިލިއަން ރުފިޔާ މީރާއަށް ލިބިއްޖެ

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތަށް ޖޫރިމަނާގެ ގޮތުގައި 106 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއަޓާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔައަހަރުގެ މިމުއްދަތުގައި ޖޫރިމަނާގެ ފައިސާގެ ގޮތުގައި މީރާއަށް ލިިބިފައި ވަނީ 59 މިލިއަން ރުފިޔާއެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާގެ އަދަދަށްވުރެ 79.5 ޕަސެންޓް އިތުރު އަދަދެކެވެ.
މިއަހަރުގެ ޖެނުއަރީއިން ޖޫން މަހުގެ ނިޔަލަށް މީރާއަށް ޖުމުލަ 7.49 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 5.36 ބިލިއަން ރުފިޔާއެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ވަނީ އާއްމުންނަށް ފަސޭހަކަމާ އެކު ފައިސާ ދެއްކޭނެ ގޮތް މަގު ފަހިކޮށްދެއްވާފައެވެ. އަދި ކޮވިޑް19ގެ މިހާލަތުގައި މީރާއިން އެދެނީ އޮންލައިންކޮށް ފައިސާ ދެއްކެވުމަށެވެ.