ރިޔާސީ އިންތިޚާބުގައި ނާޒިމް އެމްޑީޕީ ކޮޅަށް އެރީ އަޅުގަނޑު އެދިގެން: ރައީސް ނަޝީދު
ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމުގައި ބޮޑު ދައުރެއް އަދާކުރި ކަމަށް އެމްޑީޕީގެ ބޭފުޅުން ތުހުމަތު ކުރައްވާ، ރައީސް ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ތާޢީދު ކުރެއްވީ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވަރަށް ބޮޑަށް އެދި ވަޑައިގަތުމުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެވެ.
ޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، 2012ގައި ވެރިކަން ބަދަލުވި ފަހުން އެ މަނިކުފާނާއި ނާޒިމް ދިމާވީ ގާމާދޫ ޖަލުން ކަމަށެވެ. އަދި ގާމާދޫ ޖަލުން މާފުށި ޖަލަށް ގެންދިޔަ މަގުމަތީގައި 10 ދުވަހު އެތަނުގައި ބޭއްވި ކަމަށާއި އޭރުއްސުރެ ނާޒިމާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ، 2018 ވަނަ އަހަރު ނާޒިމް އެމްޑީޕީއާ އެއްކޮޅަށް އެރީ ރައީސް ޔާމީން ބަލި ކުރައްވަން ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރެއްވުމަށް ނާޒިމް ކުރެން ރައީސް ނަޝީދު އެދިލެއްވި ކަމަށް އެ މެސެޖްގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ނާޒިމް ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ހައްޔަރުކޮށް ޖަލަށްލިތާ މާގިނަ ދުވަސް ތަކެއް ނުވެ ހަމަ އެ ދުވަސްވަރު ރައީސް ނަޝީދު ވަނިީ ޖަލަށް ލައްވައިފައެވެ. ޖަލުން ބައްދަލުވި ކަމަށް ނަޝީދު ވިދާޅު ވަނީ މިދުވަސްވަރުގައި ކަމަށް ބެލެވެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ރައީސް ނަޝީދު، މެންބަރު ނާޒިމާ ގުޅޭގޮތުން ވާހަކަ ދެއްކެވި ނަމަވެސް އެ ވާހަކަތައް ފެށިފައި ވަނީ ކީއްވެކަން ސާފުވާގޮތެއް ނުވެއެވެ. ބެލެވޭ ގޮތުގައި ނާޒިމްއާ ބެހޭގޮތުން ވާހަކަ ދައްކަވައިފައި ވަނީ އިއްޔެ ނާޒިމް އުފައްދަވަން އުޅޭ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ނާޒިމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ނާޒިމް އިސްކޮށް ހުންނަވައިގެން ސިޔާސީ ޕާޓީއެއް ހައްދަވަން މަސައްކަތް ފައްޓަވައިފައިވާއިރު، 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް އެ ޕާޓީން ކެނޑިޑޭޓަކު ނެރޭނެ ކަމަށް ނާޒިމް އިއްޔެ ވަނީ ވިދާޅުވެފައެވެ.
ނާޒިމް ހައްދަވަން އުޅޭ ޕާޓީއާ ގުޅޭ ގޮތުން ރައީސް ނަޝީދު ކުރެއްވި މެސެޖްގައި ވިދާޅުވީ، ނާޒިމް އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީއަށް މެންބަރުން ހަމަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކަލޭބުނެގެން ވެރިކަންވައްޓާލީވެސްދޮގެ
އީވީއިރު ކަލޭތިޔައީ ފައްކާ ކަޑުކޮހެއްތާ މަޔާހޮކިޔާ
ރައީސް ނަސީދު މިފަހަރު ޅަކޮށް ނާޅައިފިނަމަ ދިވެހިން ބޭނުއްވާ ތަރައްގީ ލިބޭނެ
މީނަސީދަކީ ފަތްކާ ބޮޑު މޮޔައެއް މީނާރަގަޅީ މުޔައަންގެސަރުދާރަކަބަހައްޓަން
2023 ގާ ނަޝީދު . ނާޒިމު ކޮޅަށް އަރާނެ.