Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކުޑަކުދިން ލައްވައި އިމާމްވެ ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި

ކުޑަކުދިން ލައްވައި އިމާމްވެ ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި
މިސްކިތްތަކުގައި ކުޑަކުދިން ލައްވާ އިމާމްވެ ޖަމާއަތުގައި ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ. “ދެން”އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ކުޑަކުދިން ޓްރެއިން ކުރުމުގެ ނިޔަތުގައި އެކުދިން ލައްވައި އިމާމްވެ ނަމާދުކުރުވާ މައްސަލައެއް މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ތަރާވީޙް ނަމާދު ކުރާ އިރު ވެސް 18 އަހަރުން ދަށުގެ ކުދިން ތަރާވީޙް ކުރަން ހުއްދަ ދެނީ ވެސް ވަރަށް ބޮޑަށް ހިފަހައްޓައިފައި ކަމަށާއި 18 އަހަރުން ދަށުގެ ހާފިޒުން ތަރާވީޙް ކުރަނީ ބެލެނިވެރިންގެ ހުއްދައާއެކު ކަމަށެވެ. މީގެ އިތުރުން ކުރިޔަށްއޮތް ދުވަސްތަކުގައި ހުރިހާ މިސްކިތަކަށް ވެސް ސަރކިއުލާއެއް ފޮނުވާނެ ކަމަށާއި އަދި ކުޑަކުދިން ލައްވައި މިފަދަ އަމަލު ހިނގާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. “ބައެއް ފަހަރު ބައެއް އިމާމުން ހަވާލުކުރޭ ކުޑަކުދިން ލައްވާ ބަންގި ގޮވަން ވެސް. އިމާމު މީހާ ކައިރީގަ ހުރެގެން ބަންގި ގޮވުމުގަ ނެތް މައްސަލައެއް. ރަނގަޅަށް ކައިރީގަ ހުރެގެން ކިޔައިދީގެން ކުރަން ވީ. އެހެން ނަމަވެސް ޓްރެއިން ކުރުމުގެ ނިޔަތިގަ މިފަދަ ކަންތައްތައް ކުރުވާ ނަމަ ފިޔަވަޅު އަޅާނަން” މިނިސްޓަރު ވިދާޅުވިއެވެ.

މިސްކިތުގައި ނަމާދުކުރެވޭނީ ހާއްސަ ސެޓްފިކެޓެއް ހާސިލްކޮށް އިސްލާމިކް މިނިސްޓްރީގެ ހާއްސަ ހުއްދައާއެކުކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް